މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން އޮތީ ވަރަށް ބޮޑު މަޖުބޫރު ކަމެއްގައި ތާށިވެފައިކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ، ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ވަގަށް ނެގި މައްސަލައާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވަނީ އެކޮމިޝަނަށް މިއަދުވެސް ހާޒިރުކޮށްފައެވެ. އެކަމާ ގުޅިގެން ކުރީގެ ކޮމިޝަނަރު ހުސައިން ވަހީދު ވިދާޅުވީ 6 ފަހަރެެއްގެ މަތިން އެ ކޮމިޝަނަށް އޭނާ ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި ޖުލައި މަހު 5 ފަހަރު ކޮމިޝަނަށް ހާޒިރުކޮށްފައިވާއިރު އަރަފާތު ގަޑީގައި ވެސް އިންނެވީ ކޮމިޝަންގައި ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ވަހީދު ވަނީ މަރު ކޮމިޝަންގައި ތަޖުރިބާ ކުރެއްވި ކަންކަން ހިއްސާކުރައްވާފައެވެ. ހުސައިން ވަހީދު ވިދާޅުވީ ކޮމިޝަންގެ އެއްބާރުލުން ކުޑަ ކަމަށާއި ވެރިންގެ ފަރާތުން އައިސްފައިވާ އޯޑަރުތަކުގެ ސަބަބުން ރަނގަޅަށް ވާހަކަ ދައްކާވެސް ނުލެވުނު ކަމަށެވެ. އަދި ހަބަރު ހަދާލުމާއި ރިޕޯޓެއް ނެރެލުމަށްވުރެ ރަނގަޅަށް އެކަން ކުރެވުނީސް ކަމަށް ހުސައިން ވިދާޅުވިއެވެ.
"އެބޭފުޅުން ވަރަށްބޮޑު މަޖުބޫރުކަމެއްގައި ތާށީވެފައިވާކަން ފާހަގަވި. ވަކިތާރީޚަކަށް ވަކި ގޮތަކަށް ރިޕޯޓެއް ނެރެންޖެހިގެން އުޅުނުކަން ފާހަގަކުރެވުނު. ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރު ތަންކޮޅެއް ލަސްވެއްޖެ." މިހާރު މީޑިޔާއެއްގެ އިސް މަގާމެއް އަދާކުރައްވާ ހުސައިން ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ހުސައިން ވަހީދު ވިދާޅުވީ ރިޟުވާންގެ މައްސަލައިގައި 2019 ވަނަ އަހަރު މަރު ކަމިޝަނުން އާންމުކުރި ކުރުން ދޮގުކޮށް ރިޟުވާނު ގަދަވެ ހުރިކަން ކަމިޝަނުން ވިދާޅުވީތީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ ރިޟުވާނުގެ މަންމައާއި ވީއެންމެ އަވަހަކަށް ގުޅާލާ އާއިލާއާއި ސަލާންގަލާން ކޮށްލެވޭނެ ގޮތެއް ވުން. ރިޟުވާނުގެ އާއިލާއިން ވަރަށް ހިތާމަ ކޮށްފި. އަޅުގަނޑު، ރިޟުވާނު ހޯދަން ކުރި މަސައްކަތުގައި އެހީތެރިވެ ދެއްވި ހުރިހާ ފުލުހުންނަށް ޝުކުރިއްޔާ. ހާއްސަކޮށް ރައީސް ޔާމީނާއި މިނިސްޓަރ އުމަރުގެ ފަރާތްޕުޅުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ހުސައިން ވަހީދު ވިދާޅުވިއެވެ.
އޮގަސްޓް 8، 2014 ގައި ރިޟުވާން ގެއްލުވައިލިއިރު ފުލުހުންގެ އިސްވެރިއަކަށް ހުންނެވީ ހުސައިން ވަހީދެވެ. ޙުސައިން ވަޙީދުގެ މައްޗަށް މަރު ކޮމިޝަނުން ކުރަނީ ރިޟުވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަކީ މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް އިބްރާހިމް މުހަންމަދު ޞާލިޙް އުފެެއްދެވި ކޮމިޝަނެކެެވެ. އެހެންނަމަވެސް ވެރިކަމުގެ ދައުރު ދެބައިވެފައިވާއިރު އެކޮމިޝަނަށް އެދެވޭ އެއްވެސް ނަތީޖާއެއް ނެރެވިފަައި ނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ކޮމިޝަނަށް ވަނީ އަމާޒުވެފައެވެ. މަރުކޮމިޝަނުން ރިޟުވާން މައްސަލާގައި އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ރިޟުވާން ވަގަށް ނެގި މީހުން ވަނީ އޭނާ ކަނޑުފައްތާ މަރާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު