ރާއްޖޭގައި ކުރިޔަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގަރާމްގެ ތެރެއިން
ރާއްޖޭގައި ކުރިޔަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގަރާމްގެ ތެރެއިން
ރާއްޖޭގައި ވެކްސިނާ ދެކޮޅަށް އަޑުއުފުލި "ހެލްތު ޑިފެންސް މޯލްޑިވްސް" ޖަމިއްޔާގެ ރަޖިސްޓްރީ ބާތިލްކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނެފައި ވަނީ 27 އޮކްޓޫބަރު 2020 ގައި ރަޖިސްޓްރީކޮށްފައިވާ އެ ޖަމިއްޔާ އުވާލާފައި ވަނީ ވެކްސިނާ ދެކޮޅަށް އަޑުއުފުލުމުގެ ސަބަބުން ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ބައިނަލްއަގުވާމީ މުއާހަދާ ތަކުން ކަށަވަރު ކޮށްދޭ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގު ރައްކާތެރި ކުރުމަށް ވަކާލާތު ކުރާ ޖަމިއްޔާ އަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ޖަމިއްޔާއެއް އުފެއްދުމަށް ހުއްދަދެވޭ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ޖަމިއްޔާއެއްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހިންގާ ކޮމިޓީއެއް ހޮވާ އެކަން ރަޖިސްޓްރާއަށް އަންގައި ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.

އަދި އެ މުއްދަތަކީ ޖަމިއްޔާގެ ހިންގާ ކޮމެޓީ އެކުލަވާލުމަށްޓަކައި ދެވިފައިވާ މުއްދަތަކަށްވާތީ ޖަމިއްޔާގެ އިތުރު ހަރަކާތްތަކެއް އެ މުއްދަތުގައި ނުހިންގޭނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން