ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އަޅަން ސަރުކާރުން ހަވާލުކުރި މެލޭޝިއާގެ ކުންފުންޏަށް ދައްކަންޖެހޭ 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ނުދެއްކުމުން ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާ ކުރަން އެކުންފުނިން ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަޝްރޫއު ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ އެވެ. މާލޭގައި އިމާރާތް ކުރަން ނިންމި 25 ބުރީގެ އޮފީސް އިމާރާތް ފަހުން ހުޅުމާލެއަށް ވަނީ ބަދަލުކުރަން ނިއްމާފައެވެ. އެހެން ނަމަވެސް އެ މަޝްރޫއަށް ލޯނު ލިބުމުގައި ދިމާވި މައްސަލަތަކާއި ގުޅިގެން އެ މަޝްރޫއުގެ މަސައްކަތް ވަނީ ހުއްޓިފައެވެ.
ޑަބްލިއުޒެޑްއާރު ކުންފުނިން އެ މައްސަލަ އާބިޓްރޭޝަނަށް ހުށައެޅީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އާބިޓްރޭޝަނުން ވަނީ 22 މިލިއަން ޑޮލަރު ހަތް ދުވަހުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުންޏަށް ދެއްކުމަށް އަންގާފައެވެ. ޑަބްލިއުޒެޑްއާރުގެ އިސްވެރިއަކާ ހަވާލާދީ މެލޭޝިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް މިހާތަނަށް ވެސް އެޗްޑީސީން ފައިސާ ދައްކާފައި ނުވާތީ ބޮޑެތި ގެއްލުންތަކެއް އެ ކުންފުންޏަށް ވަނީ ކުރިމަތިވެފައެވެ. އެ ފައިސާ ހޯދަން އެކި ގޮތްގޮތުން ކުރި މަސައްކަތް ވެސް ކާމިޔާބު ނުވާ ކަމަށާއި އެހެންވެ ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާކުރަން އެކުންފުނިން ނިންމީ ކަމަށް މެލޭޝިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި 122 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން އަޅަން ނިންމި އެ އިމާރާތުގެ މައްސަލާގައި ޑަބްލިއުޒެޑްއާރު ކުންފުނިން އާބިޓްރޭޝަންގައި ދައުވާކުރީ 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ)ގެ ބަދަލެއް ހޯދަން ނަމަވެސް އާބިޓްރޭޝަނުން ވަނީ އެ ކުންފުންޏަށް ދޭން ޖެހޭނީ ކުރި މަސައްކަތުގެ އަގަށްވާ 22 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅާފައެވެ. އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން އެ ކުންފުންޏާއެކު މަޝްވަރާ ކުރަން އެޗްޑީސީން ކުރިން ވަނީ ނިއްމާފައެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު