ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީއަށް އެމަގާމު ލިބިވަޑައިގެންނެވި ފަހުން ރައްޔިތުންނާއި ހަމައަށް ވަޑައިނުގަންނަވާ ކަމަށާއި، ފައިންޕުޅުވެސް ނުފެންނަތާނގައި ފޯނަށްވެސް ޖަވާބު ނުދެއްވާ ކަމަށް ބުނެ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ނަހުލާ ސައިޒް ކޮށްލައި އިސްތިއުފާ ދެއްވުމަށް ގޮވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ކުރިއަށް ގެންދާ މާލޭގެ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތަކުގެ ތެރެއިން ރޭ ވިލިމާލޭގެ ރައްޔިތުންނަށް އަމާޒުކޮށް އެއަވަށުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވާހަކަ ދެއްކި އާންމު ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ކައުންސިލަރު ނަހުލާ އަލީއަށް ވަރަށް ބޮޑަށް ފާޑުކިޔައި ނަހުލާގެ އިސްތިއުފާއަށް ގޮވާލާފައެވެ. ރޭ ބޭއްވި ބައްދަލުވުމުގައި ވިލިމާލޭގެ ލޭންޑް ޔޫސް ޕަލޭނަށް ރައްޔިތުންގެ ޚިޔާލާއި ސުވާލަށް ހުޅުވާލުމުން ލިބުނު ފުރުސަތުގެ ބޭނުން ކުރި ގިނަ ބަޔަކު ބުނި ގޮތުގައި ނަހުލާއަށް މަގާމު ލިބިވަޑައިގެން ފަހުން ވިލިމާލޭގެ ރައްޔިތުންނާއި ހަމައަކަށް ވަޑައެއް ނުގަންނަވައެވެ.

"ކަމަނާ މަގާމަށް ހޮވުނު ފަހުން ރައްޔިތުން ގާތަކަށް ވަޑައެއް ނުގަންނަވާ، އަދި ފައިންޕުޅު ނުފެންނަތާ ފޯނުވެސް ނުނަންގަވާ. ރަނގަޅު ގޮތަކީ ޒިންމާ އަދާ ނުކުރެވެންޏާ އިސްތިއުފާ ދެއްވުން. ލޮލަށް ނުފެންނަ، ރައްޔިތުންގެ ޝަކުވާ އަޑުނާހާ ކައުންސިލަރަކު އަޅުގަނޑުމެން ބޭނުމެއްނޫން. ވަގުތުން އިސްތިއުފާދެއްވާ." ކުރިން ހުޅުމާލޭގެ މަޖިލިސް ގޮނޑިއަށާއި މާލެއާއި އަތޮޅުތަކުގެ އެކި ދާއިރާތަކުގެ މަޖިލިސް ގޮނޑިއަށް ވާދަކުރަށްވައި ފެއިލްވެފައިވާ ނަހުލާއަށް ފަޑުކިޔައި އޭނާގެ އިސްތިއުފާއަށް ގޮވާލި މީހަކު ބުނެފައި ވެއެވެ.

ނަހުލާއަކީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ފަރާތުން އެދާއިރާއަށް ވާދަކުރަށްވައިގެން ހޮވިވަޑައިގެންނެވި ކައުންސިލަރެކެވެ.

ރޭގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުޢިއްޒުވަނީ ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭން ހުށައަޅުއްވައިދެއްވައި އެ ޕްލޭނާ ބެހޭ ތަފުސީލުތައް ވެސް ދެއްވާފައެވެ. މި ޕްލޭނަށް ޚިޔާލު ދެއްވި ގިނަ ރައްޔިތުން ބުނެފައި ވަނީ ވިލިމާލެއަށް ބޭނުންވަނީ އުސް އިމާރާތްތައް ނޫން ކަމަށާއި ބޭނުންވަނީ ގާތުން ޚިދުމަތް ލިބުމާއި މިހާރު ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ވެގެން ދިއުން ކަމަށެވެ.

އެގޮތުން ރޭގެ ބައްދަލުވުމުގައި ޚިޔާލު ދިން ގިނަ ރައްޔިތުން ވަނީ ވިލިމާލޭގައި ހުރި މައްސަލަތައް ފާހަގަކޮށް ކަންކަން ހައްލު ކުރެވޭނެ ގޮތުގެ ޚިޔާލު ހިއްސާ ކޮށްފައެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އުސް އިމާރާތްތަކެއް ނޫން. ވިލިމާލޭގެ ރައްޔިތުންނަށް ވިލިމާލެއިން ޚިދުމަތްތައް ލިބޭނެ ގޮތް ހެދުން. މިހާރު ލިބެން ހުރި ޚިދުމަތްތައް ރަނގަޅު ކުރުން. ޚިދުމަތްދޭނެ ގާބިލު މީހުން ތަންތަނަށް ލައިދިނުން." ޚިޔާލު ފާޅުކުރި ކަނބަލަކު ބުނެފައި ވެއެވެ.

ރޭގެ ބައްދަލުވުމުގައި ޚިޔާލު ފާޅުކުރި ގިނަ މީހުން ވަނީ ވިލިމާލޭގައި ހަދަން ނިންމާފައިވާ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓް އަޅަން މިހާރު ހަމަޖެހިފައި އޮތް ފެރީ ޓާރމިނަލް ސަރަހައްދުގައި އެތަންތަން ހެދުން ރަނގަޅު ނޫންކަމުގައި ބުނެފައެވެ. އަދި ވިލިމާލޭގައި ދިރިއުޅޭ ޒުވާނުންނާ ކަނބަލުންނަށް ކުޅިވަރު ކުޅެ ހަދާލާނެ ތަންތަން ނެތުމާއި ކުޑަކުދިންނަށް ރަނގަޅު ޕާކެއް ނެތްކަން ފާހަގަކޮށްފައި ވެއެވެ. އަދި އެއަވަށުގައި ގިނަ އަދަދެއްގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން އުޅޭއިރު އެމީހުންނަށް އެކަށީގެންވާ ގޮތަށް މަގުތަކާއި ތަންތަން ނުހުންނަކަން ފާހަގަ ކުރިއެވެ. އަދި އެއަވަށުގެ އިންޑަސްޓްރިއަލް އޭރިއާގެ މައްސަލައާއި ކުންޏާއި ތިމާވެށީގެ މައްސަލަތައްވެސް ރައްޔިތުން ފާހަގަކުރިއެވެ.

ރޭ ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގައި ވިލިމާލޭގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށާއި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި ރައްޔިތުން ދިން ޚިޔާލުތަކާއި ބޭނުންވި ކަންކަން ތަންފީޒު ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހަކުޅި

12-Aug-2021

އެއީ އެމްޑީޕީމީހުން ރާވައިގެންކުރިކަމެއް އެފާޑުގެ ހަމަނުޖެހޭކަންތައް ކުރާނީ ހަމަހޭގައި ތިބެއްންބޭނުންނުވާމީހުން އެމީހުނަކަށް ވާނުވާއެއް ނޭނގޭނެ ބަލަ ދެނެތް އެމްޑީޕީ މީހުނަކަށް އިނދިކޮޅު މީހުން ނުދަންނަ ކުޅިޔެއްނުކުޅެވޭނެެ ތިމާމެން އަމިއްލައަށް ބޭޒާރުވާއިރުވެސް ނޭނގޭ މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ތިކަންކުރަން މިވަގުސަރުކާރުން ތިގުރޫޕަށް ކިހާވަތެއް ދިންތަ ނަހުލާއާއި ދެކޮޅަށް އަޑުއުފުލިމީހުނަކީ މޮޔާތްތިބޭތަނަށް ލާންވެފަތިބިބަޔެއް ހަކުރުދެއްޏާ ބޮޑުބޭބެ!


4

ޝައިލް

12-Aug-2021

އަހަރުމެންމަށް ފުރަތަމަވެސް އިނގޭ އެހެންކަން ވާނީ.ސުމެއްގެ މީހެއްތީ, ކުލަ ރީތިވީމަ ވޯޓްދިނީއެއިރަކުނޭގެ އެހެންކަންވާނީ. އަބަދިވެސް ކިބުރުވެރި ފޮނިމީހެއް.


-12

ނައީމާ

12-Aug-2021

ލާމުން ފެއިލް ވީމަ މޮޅު ކޮއްފަ ހޮވީނު.. ރިތި ގޮތެއްވިތަ



ޓްރެންޑިން