ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެ މިއޮތީ ނެތިދިއުމުގެ ތުންފަތްމަތީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން 14،000 ސައިންޓިފިކް މައުލޫމާތު ކަރުދާސް ދިރާސާ ކުރުމަށްފަހު އެކުލަވާލާފައިވާ ބީބީސީގެ ކްލައިމެޓް ޗޭންޖް ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ފިނިހޫނުމިން މިހާރު ވަނީ 1.2 ޑިގްރީ ސެލްސިއަސްއަށް އުުފުލިފަ އެވެ. އެކަމާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާތީ އެއީ ކަންބޮޑުވާ ކަމެއްކަމަށް ބީބީސީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ބީބީސީގެ ރިޕޯޓް ހިއްސާކޮށް ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ މިއޮތީ ނެތިދިއުމުގެ ތުންފަތްމަތީގައި ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް އޮތް ނުރައްކާ ބޮޑުވަމުން އަންނަކަމަށެވެ.



ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މޫސުމީ ބަދަލުތައް މިހާރު އަންނަ ނިސްބަތް އިތުރުވެފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއީ ކުދި ޖަޒީރާ ގައުމުތަކަށް އޮތް ބިރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެއިތުރުން މިއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން، ޖަޒީރާ ގައުމުތަކުގެ މައްޗަށްވާ އިހުމާލެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ފާހަގަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ސުދީރު

12-Aug-2021

ދެން ކީއްވެތަ މި ޤަވްމައިގެން ތިޔަ އުޅެނީ. އަހަރެމެން ދޫކޮށްފަ ގޮސް އުޅެބަލަ ތިޔަ އުޅޭތާކު.



ޓްރެންޑިން