އެމްޑީޕީ އުފައްދަން ދެވަނަ އަށް ސޮއިކުރެއްވީ އެމަނިކުފާނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއްކަމަށާއި މިއަދުވެސް ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިކަމަށެވެ. އަދި އެމްޑީޕީ އުފައްދަން ދެވަނައަށް ސޮއި ކުރެއްވީ އެމަނިކުފާނު ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
"އެމްޑީޕީ އުފެއްދުމަށް ސޮއިކުރި ފުރަތަަމަ 40 މީހުންގެ ތެރެއިން ދެވަނައަށް ސޮއިކުރީވެސް އަޅުގަނޑު. އަދި އޭގެ ކުރިން އުފައްދަން އުޅުނު ޕާޓީ 42 މީހުން ސޮއިކުރި ލިސްޓުގައިވެސް އަޅުގަނޑުގެ ނަން އޮންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގައި ވޯޓް ދިން 3 މެމްބަރުންގެ ތެރޭގައި އެމަނިކުފާނުވެސް ހިމެނިވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނު ދެމި ހުންނަވާނީވެސް އެމްޑީޕީގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު