ތިލަމާލެ ބްރިޖް 2023 އަށް ނުނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ތިލަމާލޭ ބްރިޖްގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު 2023 ގެ ނިޔަލަށް ބްރިޖްގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
ސަރުކާރުގެ ވިސްނުން މިވަގުތު ހުރީ ބްރިޖް ނިމެމުންދާ ވަރަކަށް ނިމޭ ބައިތަށް ހުޅުވުމަށް ކަމަށާއި، އެގޮތުން ބައިބަޔަށް ބްރިޖް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިމޭރުމުން ވިދާޅުވި ނަމަވެސް މިހާތަނަށް ބްރިޖްގެ ޢަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢު، ތިލަމާލެ ބްރިޖް އެޅުމުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ 400 މިލިއަން ޑޮލަރުގެ އެހީ ހަމަޖައްސައިދީފައެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ދުވަސް ފަހުން ކަމަށާއި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫއަށް އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭއެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭ ތަކުގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިނަކަށް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އަދި މި މަޝްރޫއަށް އިންޑިއާގެ އެހީ ފޯރުކޮށްދޭނެކަން އިއުލާނު ކޮށްފައިވަނީ ހުސްވިއަހަރުގެ އޮގަސްޓްމަހު އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވި ވާޗުއަލް ބައްދަލުވުމުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު