ޑރ. އަޙްމަދު ފައިސަލް
ޑރ. އަޙްމަދު ފައިސަލް
ވެކްސިން ޖަހާމިންވަރު އިތުރުވާވަރަކަށް ވެކްސިނުން ރައްކާތެރިކޮށްދޭ ބަލިތައް ފެތުރުން މަދުވާނެ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޑރ އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޤައުމީ ވެކްސިން ޕްރޮގްރާމް ފަށާފައިވާއިރު، ސަރުކާރުގެ އަމާޒް ހުރީ މިމަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ކޯވިޑް ވެކްސިން ދިނުމަށެވެ. ނަމަވެސް ވެކްސިނާ ދެކޮޅަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ، ވެކްސިން ޖެހުމުން ބަލިތައް ފެތުރޭ މިންވަރު މަދުވާނެ ކަމަށެވެ.

އެކަމުގެ މިސާލު ދައްކަވަމުން ޑރ. ފައިސަލް ވަނީ، ރާއްޖޭން ހިމަބިހި ނެތެމުން ދިޔަ ގޮތުގެ ގްރާފެއް ޙިއްސާކުރަށްވާފައެވެ. އަދި މިހާރު ހިމަބިހި ޖެހިފައިވާ މީހަކު ފެންނާނީ ޙާލަކުން ފަހަރަކު ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.



އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގައި ކޯވިޑްގެ ހާލަތު ނިއު ނޯމަލް ހާލަތަކަށް ގެނެވިފައިވާ ކަމަށާއި މިހާރު އެންމެ މުހިއްމީ ވެކްސިންޖެހޭ އާބާދީއަށް ވެކްސިންޖެހުން ކަމަށެވެ. އަދި ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުން އަންނައިރު އިޤްތިޞާދީ ގޮތުންވެސް ޤައުމަށް ކުރިއެރުން އަންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މި އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން