ނިޔާމަ ރިސޯޓު
ނިޔާމަ ރިސޯޓު
ދ. އަތޮޅުގައި ހިންގާ ނިޔާމަ ރިސޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޙާދިސާ ހިނގާފައިވަނީ މިރޭ 8:30 ހާއިރުއެވެ. އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ މޫދު ކޮޓަރިއެއްގައި ކަމަށާއި، އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވާއިރު އެމްއެންޑީއެފްގެ އަލިފާންނިއްވާ މީހުން މިހާރު އެ ރިސޯޓުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.

ފަހަކަށްއައިސް ރާއްޖޭގެ ރިސޯޓްތަކުގައި އަލިފާނުގެ ޙާދިސާތައް ހިނގުން ނިސްބަތުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން