ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް
އިންސާނީ ވަގުފާރި އާއި، ފަތުރުވެރިކަން މުޅިން ތަފާތުވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މިމޭރުމުން ވިދާޅުވެފައިވަނީ، އޮޅުވާލައިގެން ރާއްޖެ ގެނެސް މަގުމައްޗަށް ފަތުރުވެރިންތަކެއް ދޫކޮށްލި މައްސަލައެއް ރޭ ދަންވަރު މީޑިއާގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ. ރާއްޖޭގެ ބަޔަކާއި، ބިދޭސީ ބަޔަކު ގުޅިގެން ރާއްޖޭގެ ރަށެއްގެ ގެސްޓްހައުސްއަކަށް ގެނައި ފަތުރުވެރިންތަކެއް މަގުމަތިވެފައިވަނިކޮށް ސަރުކާރުން މިހާރު އެމީހުންނަށް ވަގުތީ ޙައްލެއް ހޯދައިދީފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރޭގެ ޙާދިސާއަކީ ހިއުމަން ޓްރެފިކިންގގެ ޢަމަލެއްކަމަށް ސިފަކުރަށްވަމުން ޑރ. މައުސޫމް ވިދާޅުވީ، ހިއުމަން ޓްރެފިކިންގ އާ ފަތުރުވެރިކަމަކި ވަރަށް ތަފާތު ދެކަނެއް ކަމަށެވެ. އެގޮތުން ހުއްދަނެތި ތަންތަނުގައި ފަތުރުވެރިން ބޭތިއްބުމަކީ ޓޫރިޒަމް ނޫން ކަމަށާއި، އެއީ އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގ) ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

"ކަމާގުޅޭ އިދާރާތަކުން އެފަދަކަންތައްތައް ބަލާ ފިޔަވަޅު އަޅުއްވާނެކަމުގެ ހަބަރު ލިބުމުން ކުޑަކޮށް ހިތްހަމަޖެހިއްޖެ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.



ރޭގެ ވަގުތެއްގައި މާލޭގެ މަގުމައްޗަށް ދޫކޮށްލި 27 ފަތުރުވެރިންގެ ތެރޭގައި 13 ކުޑަކުދިން ހިމެނެއެވެ. އެމީހުން މަގުމަތީގައި ތިބީ ރާއްޖެ އައިއިރު ގެނައި ފޮށިތަންމައްޗާވެސް އެއްކޮށެވެ.

އެ މައްސަލަ ޙައްލު ކުރެއްވުމަށް ފުލުހުންނާއި، އިމިގްރޭޝަން ކޮންޓްރޯލަރ ޙަނަފީއާއި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެ ސަރަޙައްދުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

Attamas

17-Aug-2021

Beyru bayeh veema dhoa hurihaa minister in fuhpaaf mathihashi nagaafa midiyayee



ޓްރެންޑިން