ގއ. ދާންދޫގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދަނިކޮށް ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ ދާންދޫގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮށްފައެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރި ހަތް މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ ދިވެހި އަންހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 39 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނަކާއި، ބިދޭސީ 3 ފިރިހެނުންނެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށާއި، މައްސަލައިގެ ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު