ބޮލީވުޑްގެ މަޝްހޫރި ތަރި ވިދިޔާ ބާލަން ލީޑް ރޯލު ކުޅޭ ފިލްމް "ޖަލްސާ"ގެ ޝޫޓިންގ ފަށައިފިއެވެ.
ފިލްމް ޖަލްސާގައި ވިދިޔާ ބާލަންއާއެކު ފެނިގެން ދާނީ ޝެފާލީ ޝާހް އެވެ. މި ފިލްމަކީ ތުމްހާރީ ސުލުގެ ޑައިރެކްޓަރ ސްރޭޝް ޓްރިވާނީ ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމްގެ ވާހަކަ ލިއުމުގައި ވެސް އޭނާ މުހިންމު ރޯލެއް އަދާކުރެއެވެ. ވިދިޔާ ބާލަން ޓްރިވާނީގެ ތުމްހާރީ ސުލުގައި ވެސް ލީޑް ރޯލް އަދާކޮށްފައިވަނީ ވިދިޔާ ބާލަންއެވެ.
މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ވިދިޔާ ބާލަން ބުނެފައިވަނީ ތުމްހާރީ ސުލުގެ ޑައިރެކްޓަރާއެކު އަނެއްކާވެސް މަސައްކަތް ކޮށްލަން ލިބުމަކީ އާދަޔާ ޚިލާފު އިހުސާސް ތަކެއް ކުރެވޭ ކަމެއް ކަމަށެވެ. ތުމްހާރީ ސުލު އަކީ ތަފާތު ތަޖުރިބާ ތަކެއް ކުރެވުނު ފިލްމެއް ކަމަށް ވެސް ވިދިޔާ ބުނެފައި ވެއެވެ. އަދި ފިލްމް ޖަލްސާއަކީ ވަރަށް ތަފާތު މޮޅު ފިލްމަކަށް ވެގެންދާނެ ކަމަށް ވެސް ވިދިޔާ ބުނެފައި ވެއެވެ.
"ޖަލްސާ އަކީ ވަރަށް ތަފާތު ހިއުމަން ސްޓޯރީއެއް. ފިލްމްގެ ފުރަތަމަ ޝޫޓިންގއަށްފަހު އެ އާތަޖުރިބާތައް ދުނިޔެއާއި ހިއްސާކޮށްލުމަށް އަހަރެން ހުރީ ކެތްމަދުވެފަ." ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ވިދިޔާ ބާލަން ބުނެފައި ވެއެވެ.
ޖަލްސާގައި ވިދިޔާއާއި އެކުގައި ލީޑްރޯލް އަދާކުރާ ޝެފާލީ ޝާހް ވެސް ބުނެފައިވަނީ މިފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވެގެންދާނެ ކަމަށެވެ. ޑައިރެކްޓަރ ސުރޭޝް ފިލްމްގެ ވާހަކަ ކިޔައިދިނުމުން ވެސް މި ފިލްމަކީ ވަރަށް ތަފާތު ފިލްމެއްގެ ގޮތުގައި ސިފަވެގެން ދިޔަ ކަމަށް ޝެފާލީ ބުންޏެވެ. އަދި އޭނާއަށް މިފިލްމް ޚާއްޞަވާ އަނެއް ކަމަކީ ކުޅަދާނަ އެކްޓްރެސް ވިދިޔާއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާތީ ކަމަށް ވެސް ޝެފާލީ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު