ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން
ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތ އަތޮޅަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ ރައީސް ޞާލިޙް ތ. އަތޮޅަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިޙް ތ. އަތޮޅުގެ 7 ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ، ތިމަރަފުށި, ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓެވެ.

ރައީސްގެ މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން