މުޙައްމަދު އުނައިސް، ގަސްފިނޮޅު/ކ. ކާށިދޫ
މުޙައްމަދު އުނައިސް، ގަސްފިނޮޅު/ކ. ކާށިދޫ
މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ޗިޓު ޙަވާލު ނުކުރެވިގެން އޭނާ ހޯދުމަށް ފުލުހުން ޢާއްމުކޮށް އިޢުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ، މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައި ނުވާތީ، މުޙައްމަދު އުނައިސް، ގަސްފިނޮޅު/ކ. ކާށިދޫ (31އ) ހޯދަން ބޭނުންވާކަމަށެވެ.

މީނާ އަކީ، މީހަކަށް ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މީހެއްކަމަށާއި، އެހެންކަމުން ތ. ގުރައިދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، 2021 ސެޕްޓެމްބަރު 05 ވަނަ ދުވަހުގެ ކުރިން ޙާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

އުނައިސް ހޯދަން އިޢުލާނުކުރީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ފުލުހުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން