ތާލިބާނުންގެ ބާރުގެ ދަށުގައި މިހާރުއޮތް އަފްޣާނިސްތާނުގެ ހިންދޫ ދީނުގެ މީހުންނަށް ހިމާޔަތް ދިނުމަށް އިންޑިއާއިން ނިންމައިފިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ މިނިންމުމަކީ އަފްޣާނިސްތާނުގެ ރައްކާތެރިކަމުގެ ހާލަތައް ބަލައި، އިންޑިއާގެ ކެބިނެޓް ކޮމިޓީ އޮން ސެކިއުރިޓީއާއި މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވާ ނިންމުމެކެވެ. މިމަޝްވަރާތަކުގައި އަފްޣާނިސްތާނުގެ ހިންދޫ ދީނުގެ މީހުންނަށް ހިމާޔަތް ދިނުމުގެ އިތުރުން އަފްޣާނިސްތާނުގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ އިންޑިއާއަށް ގެންދިއުމަށް މަޝްވަރާ ކުރެވުނެވެ.

"އަހަރުމެންގެ އަމާޒަކަށް ވާނީ އިންޑިއާގެ ރައްޔިތުން ރައްކާތެރިކުރުމެއް ނޫން. އަފްޣާނިސްތާނުގައި ތިބި ހިންދޫ ދީނުގެ މީހުންނާއި އަހަރުމެންގެ އެހީތެރިކަން ބޭނުންވާ މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދީ ރައްކާތެރިކަން ދިނުން މުހިންމު." އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވިއެވެ.

މިގޮތުން އިންޑިއާއިން ވަނީ އަފްޣާނިސްތާނުން އިންޑިއާއަށް އައުމަށް ބޭނުންވަ ފަރާތްތަކަށް ހާއްސަ އެމަރޖެންސީ ވިސާއަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި އަފްޣާނިސްތާނުގައި ތިބި 1650 އިންޑިއާގެ ރައްޔިތުންގެ އެދުމުގެ މަތިން އެމީހުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ދަށުން 1500 މީހަކު މިހާރު ވަނީ އަފްޣާނިސްތާނުން ބާލާފައެވެ.

އަފްޣާނިސްތާނުގެ ހާލަތު ގޯސްވެ ތާލިބާން ޖަމާއަތުގެ އަތްދަށަށް އެގައުމު ގޮސްފައިވަނީ މިދިޔަ އާއްދީތަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން