ތ. ތިމަރަފުށީ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިޔަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.
ކޮޅުމަޑުލަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމަރަފުށީގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން އެރަށުގައި އަލަށް ޢިމާރާތްކުރާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެެވެ.
އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢަކީީ 71،510،250.00 ރުފިޔާގެ މަޝްރޫޢެކެވެ. އެއް އަހަރުދުވަހުގެ މުއްދަތެއް ތެރޭގައި ނިންމުމަށް ރާވާފައިވާ މި މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މިގޮތުން 64 ގޭގެ ރޫފްބީމް މަސައްކަތާއި، ރޭނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި، 42 ގޭގެ ސިމެންތި ޖެހުމުގެ މަސައްކަތާއި، 56 ގޭގެ ރޫފް ޓްރަސް ހަރުކުރުމާއި، 32 ގޭގެ ހިޔާކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމަރަފުށީގައި ކުރިޔަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ތިމަރަފުށީ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ވެސް ބައްލަވާލައްވާފައެވެ. މިގޮތުން، ޞިއްޙީ މަރުކަޒުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުން ފިލުއްވައި، ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާ ބެހޭގޮތުން ތަނުގެ މުވައްޒަފުންނާ އެމަނިކުފާނު ވާހަކަފުޅުދައްކަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު