އަހުމަދު ޝާހް   18 އޯގަސްޓު 2021 - 16:37
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކިނބިދޫގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކިނބިދޫގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި އެއަތޮޅު ކިނބިދުއަށް ވަޑައިގެންފިއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ކިނބިދުއަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނުވަނީ މިދަތުރުފުޅުގައި ތިމަރަފުއްޓަށް ޒިޔާރަތް ކުރަށްވައި އެރަށުގެ އާއްމު ޙާލަތު ބައްލަވާލައްވައި ރަށުގެ އިސްވާރުންނާއި ބައްދަލު ކުރަށްވާފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ކޮޅުމަޑުލުގެ ހަތް ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި، މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި ރައީސް ސާލިޙު އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރަށްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިން އަދި، ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ވެސް ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ސާލިޙުގެ މި ދަތުރުފުޅުގައި އޮމަދޫއަށާއި، ވޭމަންޑޫއަށްވެސް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެެވެ. މީގެ އިތުރުން ވަންދޫއަށާއި، ކަނޑޫދޫއަށާއި، ގާދިއްފުށްޓަށް އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން