ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ވައްކަން ކުރުމާ ސިޔާސީ ކަމަކާ ގުޅުމެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.

މިއަހަރު 3 ފަހަރެއްގެ މަތިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮފީސް ފަޅާލާފައި ވާތީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެފައިވަނީ، އެ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތްކުރަނީ ކުށުގެ ރެކޯޑު އޮންނަ ފަރާތްތައް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

މޫކޭގެ ވާހަކަތައް ދޮގުކޮށް ފުލުހުން މިއަދު ބުނީ އާރުޑީސީ ފަޅާލި އެއްވެސް މައްސަލައެއްގައި ސިޔާސީ އެއްވެސް ކަމަކާ އަދި ބަޔަކާވެސް ގުޅުމެއް އޮތްކަން ފުލުހުންގެ ތަޙުޤީޤަށް ފާހަގަވެފައި ނުވާކަމަށެވެ.

މޫކޭގެ ތުހުމަތުތަކަށް އިދިކޮޅު ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވެސް ވަނީ ރައްދު ދެއްވާފައެވެ. ޝުޖާއު ވިދާޅުވީ، މޫކޭގެ އެމް.ޑީ ކަމުގައި އާރުޑީސީ 3 ފަހަރު ފަޅާލައިފި ކަމަށާއި، ނަމަވެސް ސަލާމަތީ ގޮތުން އެޅުނު އިތުރު ފިޔަވަޅެއް ނެތްކަމަށެވެ.

"މިއީ މަނިކުގެ ފައިސާއެއް ނޫނޭ. މިއީ ދިވެހި ރައްޔިތުންގެ ފައިސާ. އަޖައިބެއްފަދަ ކުންފުންޏެއްނު މީ." ޝުޖާއު ވިދާޅުވެފައިވެއެވެ.



އެންމެ ފަހުން އާރުޑީސީގެ އޮފީސް ފަޅާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ އެޕްރީލްމަހުވެސް އާރުޑީސީގެ އޮފީސް ފަޅާލާއި، އެއްލައްކަ ރުފިޔާ ވަނީ ވަގަށް ނަގާފައެވެ. އަދި އޭގެ ހަފްތާއެއް ފަހުން އަނެއްކާ އެތަން ފަޅާލައި 3 ހާސް ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.

އާރްޑީސީ އޮފީސް ފަޅާލި މައްސަލާގައި މީހަކު ހައްޔަރުކުރިކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން