ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންނަށް މުހިއްމު ވަޢުދުތަކެއް ވެވަޑައިގެންފިއެވެ.

ރައީސް މިއަދު ވަނީ ކޮޅުމަޑުލު ތިމަރަފުށީގައި މެދު ފަންތީގެ ހޮސްޕިޓަލެއް ބިނާކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ރައީސް ވިދާޅުވީ، ތިމަރަފުށީ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް މެދުފަންތީގެ ހޮސްޕިޓަލަކަށް އެތަން ބަދަލު ކޮށްދެއްވާނެ ކަމަށެވެ. ސަރުކާރުން އަންނަނީ ވަކިވަރަކަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި މެދުފަންތީގެ ހޮސްޕިޓާތައް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 21 ރަށެއްގައި މެދުފަންތީގެ ހޮސްޕިޓަލްތައް ހެދުމަށް ޝޯޓްލިސްޓް ކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މިއަދު ކޮޅުމަޑުލު ކިނބިދޫ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ ދެގުނަ ބޮޑުކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ރައީސް މިއަދު ވިދާޅުވީ، އަންހެނުންގެ ކޮމިޓީތައް ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި، އަންހެނުންގެ ކޮމިޓީތަކަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށެވެ.

ރައީސްގެ ކޮޅުމަޑުލު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން