އޭޑީސީން މިނިސްޓަރ ފައްޔާޒް އާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އޭޑީސީން މިނިސްޓަރ ފައްޔާޒް އާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އައްޑުއަށް މިވަގުތު އެންމެ މުހިންމީ ބްރިޖް ކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ބުނެފިއެވެ.

އޭޑީސީން މިހެން ބުނެފައިވަނީ، އައްޑޫ ބްރިޖަކީ މިވަގުތަށް އެންމެ މުހިއްމު މަސައްކަތް ކަމަށް ދެކިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ރޭ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެމުންނެވެ. އޮންލައިން ފޯރަމެއްގައި ރޭ ޙަސަން ލަތީފް ވިދާޅުވީ، ބްރިޖަކީ ތަރައްޤީއަށް މުހިއްމު ބަހާއެއް ކަމަށާއި، ނަމަވެސް އައްޑޫ ތަރައްޤީއަށް ބްރިޖަކީ އެންމެ މުހިއްމު މަސައްކަތްކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

ޙަސަން ލަތީފަށް ރައްދު ދެމުން އޭޑީސީން މިއަދު ބުނީ، ބްރިޖަކުން އައްޑޫގެ ދެފަރު ގުޅުވާލުމަކީ މިވަގުތު އައްޑުއަށް އޮތް އެންމެ މުހިންމު ކަންތައް ކަމަށެވެ. އަދި އެއީ އެތައް ފުރުސަތުތަކެއް އައްޑުއަށް ފަހިވާނެ ކަމެއް ކަމަށް އޭޑީސީން ވަނީ ބުނެފައެވެ.

"ބްރިޖާއި ހުރިހާކަމެއް ގުޅިފައިވަނީ. ބްރިޖާއި އައްޑޫގެ އިޤްތިޞާދު ގުޅިފައިވަނީ،. ބްރިޖާއި ޚިދުމަތާ މުދަލުގެ އަގު ހެޔޮވުން ގުޅިފައިވަނީ." އޭޑީސީން ބުނެފައިވެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ އައްޑޫގެ ބްރިޖް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންއާއެކު ސޮއިކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ އިތުރުން އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން އައްޑޫގައި ހުރި ބޮޑެތި ހުރިހާ މަގުތަކެއް ހިމެނޭހެން 40 ކިލޯމީޓަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ބްރިޖް ހެދުމަށްޓަކައި ބޭނުންވާ ސަރވޭއާއި ޕްލޭނިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު އައްޑޫގައި 4 ލޭން ހިމެނޭހެން 1.4 ކިލޯ މީޓަރުގެ ބްރިޖެއް އެޅުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ ސޯބެ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

އެދުރު

19-Aug-2021

މީ ކޮން ގޫ ކެހެށަކާމެއި އެ?



ޓްރެންޑިން