އެމެރިކާގެ ސައުތުވެސްޓް އެއަރލައިނުން ދަތުރުކުރަމުންދިޔަ ކުޑަކުއްޖަކު، ދަތުރު މަތީގައި އޭނާގެ މާސްކް މޫނުގައި ތަތްކުރުމަށް ފްލައިޓުގެ ކްރޫއިން އެދެފިއެވެ.

ކޮވިޑާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ އެކި ހަރުކަށި ފިޔަވަޅުތައް އެކި ގައުމުތަކުން ވަނީ އަޅާފައެވެ. ނަމަވެސް ކުޑަކުދިން ގޮވައިގެން ދަތުރުކުރާ ބައެއް އާއިލާތަކަށް މިފަދަ ހަރުކަށި ފިޔަވަޅުތަކަށް ބޯލެނބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ހާއްސަގޮތެއްގައި ކުޑަދަރިފުޅު މާސްކް ނާޅަން ބޮޑާ ހޭކުން ފަދަ ކަންކަން ފާހަގަވެއެވެ.

އެމެރިކާގެ ސައުތުވެސްޓް އެއަރލައިނުން ދަތުރުކުރަމުންދިޔަ މިކުޑަކުޑަ އާއިލާއަށްވެސް ދިމާވީ މިފަދަ ހާދިސާއެކެވެ. ޗުއްޓީ ނިންމާލުމަށްފަހު ފްލައިޓަށް އަރައި ދަތުރު ފެށީ ޑިލޭއަކަށް ފަހުއެވެ. ފްލައިޓަށް އެރިއިރު އެހާ ހޫނު ގަދަ ކަމަށްވެއެވެ. ނަމަވެސް ކަންކަން ގޯސް ވާން ފެށީ ފްލައިޓަށް އެރުމަށްފަހު މިކުޑަ އާއިލާގައި ހިމެނޭ ދެއަހަރަށްދާ ކުޑަ ކުއްޖާ މާސްކް ތިރިކޮށް އިނގިލި ބޯން ފެށުމުންކަމަށްވެއެވެ.

"މާސްކް އަޅައިގެން އިނދެ ދަރިފުޅަކަށް އިނގިލި ނުބޮވޭ. ވަރަށް މަސައްކަތްކުރިން މާސްކް އަޅުވަން. ދެން ފްލައިޓު ކްރޫއިން އައިސްވެސް މާސްކް އަޅުވަން އެތައް ފަހަރު ބުނި. އެންމެ ފަހުން އަހަރެން ބުނިން ވެގެން އުޅޭގޮތް. ބުނީމަ ލަފާ ދިނީ މާސްކް މެދުން ބާގަނޑެއް ކަނޑާފަވިޔަސް މާސްކް އެޅުވުމަށް ނުވަތަ މާސްކް ކުޑަކުއްޖާގެ މޫނުގައި ތަތްކުރުމަށް." އާއިލާއިން މީސްމީޑިއާގައި މިހާދިސާ ހިއްސާކުރަމުން ބުނެފައިވެއެވެ.

މިހާދިސާ ހިއްސާ ކުރުމާއިއެކު އެތައްބަޔަކު ސައުތުވެސްޓް އެއަރލައިނުގެ ކްރޫއިންނަށް ފާޑު ކިޔާފައިވެއެވެ. ނަމަވެސް މިކަމާ ބެހޭގޮތުން އެއަރލައިނުން ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން