މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް އިސްމާއިލް ސަބްރީ ޔައުޤޫބް އައްޔަންކޮށްފިއެވެ.
އުމުރުން 61 އަހަރުގެ އިސްމާއިލް ސަބްރީ ޔައުޤޫބް މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް އައްޔަންކޮށްފައިވާކަން މެލޭޝިޔާގެ ރަސްގެފާނުގެ ގަނޑުވަރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގްގެ ޕާޓީއަށް ނިސްބަތްވާ އިސްމާއިލް ސަބްރީ ޔައުޤޫބް މިހާތަނަށް ހުންނެވީ ބޮޑުވަޒީރުގެ ނާއިބުގެ މަޤާމުގައެވެ.
ޚަބަރުތައް ބުނާގޮތުން އިސްމާއިލް ސަބްރީ މާދަމާ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނެއެވެ. ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަތުމަށް ޤާނޫނުހަދާ މަޖިލީހުގެ 111 މެމްބަރުންގެ ތާއީދު ބޭނުންވާއިރު، އިސްމާއިލް ސަބްރީއަށް 114 މެމްބަރުންގެ ތާއީދު އެބައޮތްކަމަށް ޚަބަރުތައް ބުނެއެވެ. އިސްމާއިލް ސަބްރީއަކީ 3 އަހަރު ތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންނަވާ 3 ވަނަ ބޭފުޅާއެވެ. ނަމަވެސް އޭނާއަކީ ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޔޫ.އެމް.އެން.އޯ ޕާޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމުން ވެރިކަމަށް މާބޮޑު ބަދަލުތަކެއް ނާންނާނެއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި އެންމެފަހުން ހުންނެވި މުޙިއްދީން ޔާސިނާއި، އޭނާގެ ކެބިނެޓް އިސްތިއުފާދެއްވީ މިދިޔަ ހޯމަދުވަހުއެވެ. މީގެ 17 މަސްދުވަސް ކުރިން ވެރިކަމާއި ހަވާލުވި ބޮޑުވަޒީރު މުހިއްދީން އިސްތިއުފާ ދިނީ ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން ގެއްލި، އޭނާގެ ޕާޓީއާއި ސަރުކާރުގެ އެކިއެކި އިސް ބޭފުޅުންވެސް އޭނާ މަގާމުން ވަކި ވެވަޑައިގަތުމަށް ގޮވާލަމުންދިއުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު