ސްޓެލްކޯ ބިލްޑިންގް | ރަސް ފޮޓޯ: އަޙްމަދު ޝާހް
ސްޓެލްކޯ ބިލްޑިންގް | ރަސް ފޮޓޯ: އަޙްމަދު ޝާހް
ހިޔާ ފްލެޓްގެ ޓަވަރު ތަކުގެތެރެއިން 5 އަދި 6 ވަނަ ޓަވަރަށް މާދަމާ ކަރަންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ކޮންމެ ދުވަހަކު ހިޔާ ފުލެޓްތަކުގެ ދެ ޓަވަރަށް ކަރަންޓު ދެއެެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިއަދު ކަރަންޓު ދޭން ނިންމި ތިން ވަނަ ޓަވަރާއި ހަތަރު ވަނަ ޓަވަރަށް މިއަދު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައެއް ނުވެއެވެ. ސްޓެލްކޯ އިން ބުނީ އެ ފްލެޓްތަކުގެ ލިފްޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ، ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މާދަމާ 5 އަދި 6 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އަންގާނެ ކަމަށެވެ. އަދި އެބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެފަރާތްތަކަށް ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާއެކު، ޓަވަރުތަކަށް ވަޑައިގަތުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެތެރެއިން އެގްރީމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތަކަށް މިހާރު ވަނީ ތަޅުދަނޑި ހަވާލު ކޮށްފައެވެ. ބައެއް ފްލެޓުތަކުގެ އިންޓީރިއާ މަސައްކަތް ވެސް މިހާރު ފަށާފައިވާއިރު މި މަސައްކަތް ނިންމަން ޑިސެމްބަރު މަހުގެ ނިޔަލަށް ފުރުސަތު ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން