ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ ހިންދީ ފިލްމު ޓައިގަރ 3 ގެ ޝޫޓިންގ ފަށައިފިއެވެ.
މިފިލްމުގެ ބޮޑުބައެއް އިންޑިއާގެ މުމްބާއީ އަދި ރަޝިޔާގައި ޝޫޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފިލްމުގެ ބައެއް މަންޒަރުތައް ޓަރކީ އަދި އޮސްޓްރިއާގައި ނެގުމަށްވެސް ހަމަޖެހިފައިވެއެވެ.
މި ފިލްމަކީ 2012 ވަނަ އަހަރު ރިލީޒް ކުރި "އެކް ތަ ޓައިގަރ" އަދި 2017 ވަނަ އަހަރު ރިލީޒް ކުރި "ޓައިގަރ ޒިންދާ ހެއި" އަށްފަހު ރިލީޒް ކުރެވޭނެ ތިންވަނަ ފިލްމެވެ. ޓައިގަރ ސީރީޒްގެ ފުރަތަމަ ދެފިލްމަށް ލިބުނު ކާމިޔާބީއާއެކު ޔަޝްރާޖް ފިލްމްސް އިން އުފައްދާ ޓައިގަރ 3 ވެގެންދާނީ ބޮލީވުޑުގެ ފަހުގެ ފިލްމުތަކުގެ ތެރެއިން ބޮޑު އެއްފިލްމަށް ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ލަފާކޮށްފައިވެއެވެ.
މިފިލްމުގައި ސަލްމާނާ އެކު ދެން ލީޑުން ފެނިގެންދާނީ ކެޓްރީނާ ކެއިފް އެވެ. ޓައިގަރ 3 ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު