ސްރީލަންކާގެ ލޮކްޑައުންގެ މުއްދަތު އިތުރު 10 ދުވަހަށް ދަންނާލުމަށް އެގައުމުގެ ސިއްހީ މާހިރުން އެދިއްޖެއެވެ.

ސްރީލަންކާ ލޮކްޑައުންކޮށްފައިވަނީ ކޮވިޑުގެ ހާލަތު ގޯސްވެ މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ. މިމުއްދަތު އިތުރު 10 ދުވަހަށް އިތުރުކޮށްދިނުމަަށް ސްރީލަންކާގެ ސިއްހީ މާހިރުން އެދިފައިވަނީ އެގައުމުގެ ކޮވިޑް ހާލަތު ކޮންޓްރޯލް ކުރުމަށެވެ.

މިގޮތުން ސިއްހީ މާހިރުން ވަނީ ސްރީލަންކާގައި ކޮވިޑް ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓްވެ އެނދުމަތި ކުރާ މީހުން ގިނަވެ ސިއްހީ ހިދުމަތްދޭ ގިނަ ތަންތަން ފުރި ބާރުބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި މިބަލީގައި މަރުވާ މީހުންގެ އަދަދު ގިނަވެފައިވާއިރު ކޮވިޑް ބަލިން ރައްކާތެރިވުމަަށް ވެކްސިން ޖެހުމަކީ އޮތް ހަމައެކަނި ރައްކާތެރި ފިޔަވަޅުކަމަށް ސަރުކާރުން ގަބޫލުކޮށްގެން ނުވާނެކަމަށްވެސް ސްރީލަންކާގެ ސިއްހީ މާހިރުން ވަނީ ހާމަކޮށްފައެވެ.

"ކޮރޯނާ ވައިރަހާއި ވެކްސިނާއި ދެމެދު އަހަރުމެން ކުރަމުންދާ ހަނގުރާމައިންވެސް ބަލިވަނީ. އޮކްސިޖަންއަށް އޮތް ޑިމާންޑުވެސް ބޮޑުވެއްޖެ. ކޮވިޑް ބަލީގައި ހާލު ދެރަވެ އެޑްމިޓް ކުރާ ބަލިމީހުންގެ 30 އިންސައްތަ މީހުންނަށް އޮކްސިޖަން ބޭނުންވޭ. އުއްމީދަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް މިބަލީގައި މަރުވާ މީހުންގެ އަދަދު ކޮންޓްރޯލް ކުރުން." ސްރީލަންކާގެ ސިއްހީ މާހިރުންގެ ޓީމަކުން ފާހަގަކޮށްފައިވެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ހަރުކަށި ފިޔަވަޅުތަކަކާއެކު ސްރީލަންކާ ލޮކްޑައުންކޮށްފައިވަނީ އެތައް ދުވަހެއްގެ މަތިން އެގައުމުގެ ސިއްހީ މާހިރުން، އެގައުމުގެ ސަރުކާރުގައި އެކަމަށް އެދެމުންދަނިކޮށެވެ. ނަމަވެސް ސްރީލަންކާ ލޮކްޑައުން ކޮށްފައިވަނީ އެގައުމުގެ ސިއްހީ މާހިރުންގެ އެދުނު އެދުމާ ޚިލާފަށް ކުރުމުއްދަތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން