ރައީސް ނަޝީދަށް އިންޒާރު ދިނުމާ ގުޅިގެން ހައްޔަރުކުރި މީހާ
ރައީސް ނަޝީދަށް އިންޒާރު ދިނުމާ ގުޅިގެން ހައްޔަރުކުރި މީހާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ސޯޝަލް މީޑިއާ ޕްލެޓުފޯމެއްގައި ރައީސް ނަޝީދަށް އިންޒާރުދިން މައްސަލާގައި 40 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ރ. އަތޮޅު މީދޫއިންނެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދު ކުރަށްވާނީ ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރާ ފަރާތްތަކަށް ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ހިއްސާކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓުކޮށް މީހަކު އިންޒާރު ދިން މައްސަލައެއް ފެންމަތިވީ އިއްޔެ އެވެ.

އައިސިސްގެ ދިދަ އާއި ކަނޑިއަކާއެކު އެ ކޮމެންޓު ކުރި މީހާ ވަނީ ރައީސް ނަޝީދު "ދެން ރާއްޖެ އައިސްފިނަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހަދާނަން" ކަމަށް ބުނެފައެވެ. އަދި ހައެއް މެއި ގައި ކަންވީގޮތަށްވުރެ، ދެން ކުރިމަތިވާ ކަންތައް ހިތިވާނެ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން