ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ.
ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ.
ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ސުކޫން ރިލީޒް ކުރުމަށް ތައްޔާރުވެއްޖެއެވެ.

ސުކޫން އަކީ އަމިއްލަ ރާގު ގަޒަލް ލަވަތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ އަލްބަމެކެވެ. މި އަލްބަމްގެ މަސައްކަތް ސަންޖޭ ލީލާ ބަންސާލީކޮށްފައިވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރެއިން ފިލްމު ޝޫޓިންގ ތަކާއި އެހެނިހެން މަސައްކަތްތަކަށް އެޅުނު ހުރަހާއެކުއެވެ.

ކޮވިޑް ބަލިމަޑު ކަމުގެ ތެރޭގައި އެހެން ފިލްމު އުފައްދާ ފަރާތްތަކުން އަތްއުރާލައިގެން ތިބި ނަމަވެސް ސަންޖޭ ލީލާ ބަންސާލީގެ އަމާޒަކަށްވީ މިއުޒިކް އަލްބަމެއްގެ މަސައްކަތް ކުރުމަށެވެ. އޭނާ ވަނީ އޭނާގެ މިފަހުގެ ގިނަ ފިލްމުތަކުގެ މިއުޒިކްގެ މަސައްކަތްވެސް ކޮށްފައެވެ.

"މިފަހަކުން އަހަރެންގެ އަމިއްލަ ފިލްމުތަކުގެ މިއުޒިކްގެ މަސައްކަތް ކޮށްފައިވާނެ. ނަމަވެސް މިއުޒިކް އަލްބަމެއް ނެރޭ ފުރަތަމަ ފަހަރު މީ. ވަރަށް ބޭނުން މި އަލްބަމާ ބެހޭގޮތުން އަލްބަމް އަޑުއަހާ ފަރާތްތަކުން ދެކޭގޮތް އެނގެން." ސަންޖޭ ލީލާ ބަންސާލީގެެ މަސައްކަތާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ސަންޖޭ ލީލާ ބަންސާލީގެ ސުކޫން އަލްބަމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން