އަހުމަދު ޝާހް   24 އޯގަސްޓު 2021 - 21:0
އަލިފާން ރޯވި ގުދަން | ފޮޓޯ: ސޯޝަލް މީޑިއާ
އަލިފާން ރޯވި ގުދަން | ފޮޓޯ: ސޯޝަލް މީޑިއާ
މާލޭގެ ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ލޮނުޒިޔާރަތް މަގުގައި ހުންނަ "ޕިކްޒީ" ކިޔާ މާ ވިއްކާ ފިހާރައިގެ ގުދަނުގައި ކަމަށެވެ.

މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:48 ގައި ކަމަށާއި، އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ޓީމް މިހާރު އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ގެންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ޙާދިސާގެ ސަބަބުން މީހަކަށް އަނިޔާވެފައިވާކަން އަދި އެނގިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން