ސްރީލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވީރާ
ސްރީލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވީރާ
ސްރީލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވީރާއަކީ ރާއްޖެއާ ލަންކާގެ އެކުވެރިކަމުގެ މުހިއްމު ހިއްސާދާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ އާލާސްކަންފުޅުގައި މަންގަލާ އަވަހާރަވުމާ ގުޅިގެން ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި ރައީސް ޞާލިޙް ވިދާޅުވީ، މަންގަލާ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. ރައީސް ވިދާޅުވީ، މަންގަލާއަކީ އިޚްލާސްތެރި ޚިދުމަތްތެރިއެއް ކަމަށާއި، އޭނާއަކީ ރާއްޖެއާ ލަންކާގެ އެކުވެރިކަމުގެ މުހިއްމު ހިއްސާދާރެއްކަމަށެވެ.

ރައީސް ޞާލިޙު ވަނީ މަންގަލާގެ ގާތް ބޭފުޅުންނާއި، ލަންކާގެ ރައްޔިތުންނަށްވެސް ތަޢުޒިޔާ ވިދާޅުވެފައެވެ.



މަންގަލާ އަވަހާރަވީ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މަންގަލާ އަވަހާރަވިއިރު އުމުރުފުޅަކީ 65 އަހަރެވެ. މަންގަލާ ވަނީ ސްރީލަންކާގެ ފިނޭންސް މިނިސްޓަރުކަމުގެ އިތުރުން ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން