ސްކޫލްތައް ހުޅުވައި ކްލާސްތަކަށް ހާޒިރުވެ ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ނިންމުމާއެކު އިންޑިއާގައި ޓީޗަރުންނަށް ވެކްސިންދޭން ފަށައިފިއެވެ.
މިގޮތުން އިންޑިއާގެ އެކި ސްޓޭޓްތަކަށް ވެކްސިން ފޯރުކޮށްދީ، ޓީޗަރުންނަށް ވެކްސިން ދިނުމުގައި އިސްކަމެއް ދިނުމަށް އިންޑިއާގެ ހެލްތު މިނިސްޓަރ ވަނީ އިލްތިމާސްކޮށްފައެވެ.
"ހުރިހާ ސްޓޭޓްތަކެއްގައި ޓީޗަރުންގެ ދުވަސް އައުމުގެ ކުރިން ހުރިހާ ޓީޗަރުންނަށް ވެކްސިން ދީ ނިންމާލުމަށް އިސްކަމެއްްދިނުމަށް މިހާރު ވާނީ އަންގާފަ." އިންޑިއާގެ ހެލްތު މިނިސްޓަރ މަންސުކް މަންޑަވިޔާ ވިދާޅުވިއެވެ.
އިންޑިއާގައި ސްކޫލްތައް ހުޅުވައި ކްލާސްތަކަށް ހާޒިރުވެ ކިޔަވައިދިނުން ކުރިއަށްގެންދިއުން ހުއްޓާލައިފައިވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެންނެވެ. އަދި އެތައް ދުވަހަކަށްފަހު އޮންލައިން ކްލާސްތަކުން، ސްކޫލް ތަކުގެ ކްލާސްތަކަށް ކުދިން ހާޒިރުވެ ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ކުޑަކުދިންނަށް ވެކްސިންދޭން ފެށުމަށް ހާއްސަ ވެކްސިނަކަށްވެސް މިދިޔަ ހަފްތާގައި އިންޑިއާއިން ވަނީ ހުއްދަދީފައެވެ.

ކިޔުންތެރިންގެ ހިޔާލު