ކޮރޯނާވައިރަސް މުޖުތަމައުގެ ތެރޭ ފެތުރޭ މިންވަރު ދެނެގަތުމަށް R ވެލިއު އަކީ ވަރަށް މުހިއްމު ނަންބަރަކެވެ. އެ ވެލިއު އެކަކަށް ވުރެން ދަށްވެއްޖެ ނަމަ މުޖުތަމަޢުގެ ތެރޭ ބަލި ފެތުރިގެންދާ މިންވަރު ދަށްވެ ވަރަށް އަވަހަށް ބަލި ކޮންޓްރޯލް ކުރެވޭ ކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. އެހެން ކަމުން މި R ވެލިއުއަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.
ވަބާއީ ބައްޔެއް މުޖުތަމަޢުގައި ފެތުރުމާއެކު ސައިންސްވެރިން އެންމެ ފުރަތަމަވެސް ދެނެގަންނަން ބޭނުންވަނީ އެބަލި ފެތުރެނީ ކިހާ ހަލުއި މިނެއްގައިތޯ އެވެ. ބަލި ފެތުރޭ މިންވަރު ހޯދުމަށް ސައިންސްވެރިން އަންދާޒާ ކުރާ އަސާސީ ގިނަވާ ނަންބަރަށް ކިޔަނީ "އާރު ނޯޓް" އެވެ. މީގެން ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިގެންދާނެ މިންވަރު އަންދާޒާ ކުރެވެއެވެ.
"އާރުނޯޓް" ނުވަތަ R0 އަކީ ކޮބާ؟
މިއީ ވަބާއީ ބައްޔަކަށް ފަރުވާއެއް ހޯދުމުގެ ކުރިން ނުވަތަ ބޭނުންވާ ވެކްސިންއެއް ތައްޔާރު ވުމުގެ ކުރިން އެބަލީގެ ވައިރަސް އެކަކު ގައިން އެވްރެޖް ގޮތެއްގައި އަރަނީ ކިތައްމީހުން ގަޔަށްތޯ ބެލުމަށް ބޭނުން ކުރާ ނަންބަރަކެވެ.
މިސާލަކަށް އެކެއްގެ ފަރާތުން ދެމީހަކަށް މިބަލި އަރާނަމަ އެނަންބަރަކީ "އާރުޓޫ" ނުވަތަ R2 އެވެ. އާރުގެ ފަހަތަށް މިއަންނަ ނަންބަރު އިތުރުވާ ވަރަކަށް ވަބާއީ ބަލި ފެތުރިގެންދާ ނިސްބަތް ވަރަށް އަވަސް ވާނެއެވެ.
އޮކްސްފޯޑް ޔުނިވަސިޓީގެ ސެންޓަރ ފޯ އެވިޑެންސް-ބޭސްޑް މެޑިސިން (ސީއީބީއެމް) އިން ހާމަކުރާ ގޮތުގައި އެނަންބަރު އެކަކަށް ވުރެން ގިނަވާ ހާލަތުގައި ބަލިފެތުރޭ މިންވަރު އަންނާނީ ގުނަވަމުންނެވެ. ނުވަތަ ބަލި ފެތުރިގެން ދާނީ އެކްސްޕޯނެޓްކޮށެވެ. އެހެނަސް އެނަންބަރު އެކަކަށް ވުރެން ދަށް ހާލަތުގައި ވަބާއީ ބަލި ފެތުރިގެންދާނީ ވަރަށް ލަހުންނެވެ. އަދި އެގޮތަށްގޮސް އެންމެ ފަހުން ނެތިގެންދާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.
ކޮވިޓް-19 ގެ ދުނިޔޭގެ R0 އަކީ ކޮބާ؟
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ "ޑަބްލިއުއެޗްއޯ" އިން މާރޗް މަހުގެ ކުރީކޮޅުގައި ވިދާޅުވެފައިވަނީ މިހާރު މިފެތުރޭ އައު ކޮރޯނާވައިރަސްގެ R0 ނަންބަރު އުޅެނީ 2 އާއި 2.5 އާއި ދެމެދު ގައެވެ. އެހެނަސް އެޖަމިއްޔާއިން ވިދާޅުވަނީ އެނަންބަރު މިއަށްވުރެ ބޮޑަށްވެސް ތަފާތުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އެކި ގައުމު ތަކުގެ ވައިރަސް ފެތުރޭ މިންވަރު ތަފާތު ވީމައެވެ.
ޗައިނާ އަދި ސައުތު ކޮރެއާގެ ތަފާތު ނުވަ ދިރާސާއެއް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މާރިޗް މަހާއި ހަމައަށް އަންދާޒާ ކުރެވޭ އެސްޓިމޭޓެޑް R0 އަކީ 2.63 ކަމަށް ސީއީބީއެމްހިން ހާމަކުރައެވެ.
މިހާރު އިނގިރޭސި ވިލާތުގައި މިވަބާއީ ބަލި ފެތުރޭމިންވަރުގެ R0 އަކީ 2.4 ކަމުގައި ވާނަމަ އެގައުމުގައި މިބަލީގެ 490،000 މީހުން ވަރުވެދާނެ ކަމަށް ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން ކޮށްފައިވާ ދިރާސާއަކުން ދައްކައެވެ.
މިފަދަ ވަބާއީ ދެބައްޔެއް ކަމުގައިވާ މީސަލްސް އަދި ހިމަބިހީގެ މިނަންބަރަށް ބަލާލާއިރު އިނގިރޭސިވިލާތުގައި މީސަލްސްގެ އެނަންބަރު އުޅުނީ R14 އަށްވުރެ މަތީގައެވެ. އަދި ހިމަ ބިހީގެ އެނަންބަރު ގާތްގަނޑަކަށް R6 އަށް އަރާކަމަށް އޮކްސްފޯޓް ޔުނިވާސިޓީގެ ސީއީބީއެމް އިން ބުނެއެވެ.
އިނގިރޭސި ވިލާތުގައި މިހާރު ކޮވިޓް-19 ވަބާއީ ބަލި ފެތުރޭ މިންވަރު R ވެލިއު އުޅެނީ 0.5 އާއި 0.9 އާއި ދެމެދު ގައެވެ. މިއީ ނުރައްކާވާ މިންވަރު އެކަކަށް ވުރެ ދަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ އެގައުމުގައި ގައިދުރުކުރުމުގެ ފިޔަވަޅު ހަރުދަނާ ކުރުމާއި ގިނަ އަދަދެއްގެ ދަތުރު ފަތުރު މަދުކުރުމުގެ އިތުރުން ގެއިން މީހުން ނުކުމެ އުޅޭ ވަރު ވަރަށް ބޮޑަށް މަދު ކުރެވިފައި ވާތީއެވެ. އެހެންކަމުން ކުރިން ލަފާކުރި މިންވަރަށް އިންސާނުންގެ ފުރާނަ ތަކެއް ނުދާނެ ކަމަށް ބެލެވެއެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އެކަކު އަނެކަކާއި ބައްދަލުވުން މަދުކުރެވޭ މިންވަރު ދަށްވާ ވަރަކަށް މިވަބާއީ ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށް ކުރެވިދާނެ ކަމެވެ.
R ވެލިއު ހޯދަނީ ކިހިނެއް؟
އާރު ވެލިއު އަންދާޒާ ކުރުމަށް ތަފާތު ގިނަ ހިސާބު އިލްމާއި އަދި ސްޓެޓިސްޓިކަލް މޮޑެލްތައް ކަމުގެ މާހިރުން ބޭނުން ކުރައްވަ އެވެ.
މީގެ ތެރެއިން އެއް މޮޑެލް އަކީ "SIR" މޮޑެލްއެވެ. މިއިން އެކައުންޓް ކުރަނީ ތިން ފެކްޓާ އަކަށެވެ. ނުވަތަ ތިން ހާލަތަށް ބަލައިގެންނެވެ. އެއީ ބައްޔަށް ސަސްޕެކްޓް ކުރެވޭ މީހުންނާއި ބަލި ޖެހިފައިވާ މީހުންނާއި އަދި މިބަލިން ދުރުކުރެވިފައިވާ މީހުންނެވެ. ދުރުކުރެވިފައިވާ މީހުންނަކީ ބަލިން ފަސޭހަ ވެފައިވާ މީހުންނާއި މަރުވެ ގޮސްފައިވާ މީހުންގެ ޖުމުލަ އެވެ.
މިމޮޑެލްގަވެސް އަންދާޒާ ކުރެވޭ މިންވަރު ވަރަށް ބޮޑަށް ތަފާތު ވުމުގެ ޗާންސް ބޮޑެވެ. އެއީ ހަގީގީ ޑާޓާ ނޭގޭނަމަ މީގެ ބޭނުންވާ ނަތީޖާ އެހާ ފުރިހަމަ ނުވާނެއެވެ. ކޮންމެ މޮޑެލްއެއް ބޭނުން ކުރިނަމަވެސް މީގެ އާޚިރު ނަތީޖާ ވީހާވެސް ގާތްކުރުމަށް އެންމެ މުހިއްމު ކަމަކީ މިފަދަ ވަބާއީ ބައްޔަކަށް ސަސްޕެކްޓްވާ މީހުންގެ ހަގީގީ ޕްރޮޕޯޝަންއާއި، އެތަނެއްގައި ދިރިއުޅޭ މީހުންގެ ތޮއްޖެހިފައިވާ މިންވަރާއި، ވައިރަސް ފެތުރިގެންއަންނަ މިންވަރާއި އަދި މިހާލަތުން ބޭރުކުރެވޭ މީހުން އެނގިގެންނެވެ. ބޭރު ކުރެވޭ މީހުންނަކީ ބަލިން ސަލާމަތް ވާމީހުންނާއި މަރުވާމީހުންގެ ޖުމުލައެވެ.
ހަގީގަތަކީ މިވަބާއީ ބަލީގެ ޝިކާރައަކަށް ވެދާނެ މީހުންގެ އަދަދު އަންދާޒާ ކުރެވުނަސް މީގެ އަސްލު ފޮޓޯ ނުފެންނާނެ ކަމެވެ. ރާއްޖޭގައި އަމުދުން މިދިރާސާ ކުރައްވާ ފަރާތްތަކަށްވެސް ދިމާވާ ގޮންޖެހުމަކީ ހަގީގީ ޑާޓާ ކަށަވަރު ނުވުމެވެ. އެއީ ޓެސްޓް ކުރެވޭ ކެޕޭސިޓީ ނެތުމާއި މާލޭގައި ތޮއްޖެހިފައިވާ ނިސްބަތް ނުވަތަ އާބާދީގެ ޑެންސިޓީ އަންދާޒާ ނުކުރެވި އޮތުމެވެ. އެހެން ކަމުން ރާއްޖޭގައި ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދުވަހުން ދުވަހަށް ތަފާތު ކަމަށް ދައްކައެވެ. މިއީ ހަގީގީ ނަތީޖާއެއް ނޫނެވެ.
ނަމަވެސް މިވަބާއީ ބަލި ރާއްޖޭގައި ފެތުރޭމިންވަރު އެންމެ މައްޗަށް ދާނެކަމަށް ކަމުގެ މާހިރުން ލަފާކުރަނީ މެއިމަސް ނިމޭހާތަނަށެވެ. އެއީ މިހާރު އެޅިފައިވާ ލޮކްޑައުންގެ ޙާލަތު އޭގެ ގާތްގަނޑަކަށް 70 އިންސައްތައަށް ހިފަހެއްޓިގެންނެވެ. މިހާލަތުގައިވެސް ގާތްގަނޑަކަށް 7000 ވަރަކަށް މީހުން ރާއްޖޭގައިވެސް މިވަބާއީ ބަލިން މަރުވެދާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރައެވެ. މިއީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ވަރަށް ބޮޑު މިންވަރަކެވެ.
މިހާލަތު ބަދަލު ކުރެވޭނީ އެންމެން އެކީ މަސައްކަތް ކޮށްގެންނެވެ. ސަބަބަކީ ކޮވިޑް-19 ވަބާއީ ބައްޔަށް އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާކަމެވެ. އަދި މިބައްޔަށް ވެކްސިންއެއްވެސް ތައްޔާރު ކުރުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނަގާނެތީއެވެ.
އެހެންކަމުން ރާއްޖޭގެ R0 އެކަކަށް ވުރެން ދަށްކުރުމަށް ހުރިހާ އެންމެންގެ އެއްބާރުލުން ވަރަށް މުހިއްމެވެ. ގައިދުރުކުރުން އަދިވެސް ވަރުގަދަ ކުރަންވީއެވެ. ދަތުރުފަތުރު ކުރުން ވީހާވެސް ބޮޑަށް މަދު ކުރަންވީއެވެ. ގެއިން ނިކުތުން މަދުކުރަން ވީއެވެ. ގޭގައި 14 ވަރަކަށް ދުވަހު މަޑު ކުރެވިއްޖެ ނަމަ ވަރަށް ބޮޑުތަނުން ސަލާމަތް ވެވޭނެއެވެ. ހަމަ މިއާއެކު ގޭގައި އުޅޭއިރުވެސް ގައިދުރުކަން ބަހައްޓަން ވީއެވެ.
މީގެ އިތުރުން ސަރުކާރުންވެސް ޓެސްޓިން ކެޕޭސިޓީ އިތުރުކޮށް، ބައްޔަށް ހުށަހެޅޭ އެންމެން ވީހާވެސް އަވަހަށް އެކަހެރި ކުރަންވީއެވެ. އަދި ކޮންޓެކް ޓްރޭސިން ވަރުގަދަ ކުރަންވީއެވެ. ކޮންޓެކް ޓްރޭސިންގެ މަސައްކަތް އެކަށީގެންވާ މިންވަރަކަށް ކުރެވޭ ނަމަވެސް އެހެނިހެން ކަންކަން ސިއްޙީ މާހިރުން އެދޭމިންވަރަކަށް ނުވާކަމީ ހިތާމަ ކުރަން ޖެހޭ ހަގީގަތަކެވެ. ޓެސްޓް ހެދެނީ ހަމަ އެކަނި މާލެއިންނެވެ. އަދި ޓެސްޓް ކުރެވޭ މިންވަރު ވަރަށް ދަށެވެ. ސަރުކާރުން އެންމެ ވޯސްޓް ސިނާރިއޯއަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވިޔަސް، ވަގުތު ލިބި ކަންކަން އަތުން ދޫވެފައިވާ ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. މިހަގީގަތް ސަރުކާރުން ގަބޫލު ކުރަން ބޭނުން ނުވިކަމުގައި ވީނަމަވެސް މިއީ އާއްމު ރައްޔިތުމީހާއަށް ފެންނަން އޮތް ހަގީތެވެ.
އެހެންކަމުން ރާއްޖޭގެ R0 ވެލިއު ދައްކުރުމަށް އެންމެން އެކީ މަސައަކަތް ކުރަމާ ހިނގާށެވެ. އެކެއްގެ ކިބައި އަނެކާއަށް މިބަލި ފެތުރުނަ ނެދިނުމަށް މަސައްކަތް ކުރަންވީއެވެ. އޭރުން R0 އަހަރުމެނަށް އެނގުނީއެވެ. އަދި މި R ގެމުހިއްމުކަންވެސް އެނގުނީއެވެ.

ކިޔުންތެރިންގެ ހިޔާލު