ގައިގާ ބޮން ހަރުކޮށްގެން ގޮއްވާލައިގެން އަފްޣާނިސްތާނުގެ ކާބުލް އެއަރޕޯޓަށް ދިން ހަމަލާގައި 73 މީހަކު މަރުވެއްޖެއެވެ.
މިހާދިސާގައި 60 އާންމުންނާއި، އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ތެރެއިން 13 ސިފަައިން ވަނީ މަރުވެފައެވެ. އަދި 140 ވަރަކަށް މީހުން މިހަމަލާގައި ވަނީ ޒަޚަމްވެފައެވެ.
އަފްޣާނިސްތާނުގެ ކާބުލް އެއަރޕޯޓަށް ދިން މިހަމަލާތަކުގައި، އެގައުމުން ފޭބުމަށް އެއަރޕޯޓަށް ޖަމާވެފައި ތިބި 5000 ވަރަކަށް މީހުންގެ ތެރެއަށް އަމިއްލައަށް ޖާނުގޮއްވާލައިގެން ދިން ދެހަމަލާއަކާއި، ހަތިޔާރު އެޅި މީހަކު އެއަރޕޯޓުގައި އެއްވެ ތިބި މީހުންގެ ތެރެއަށް ދިން ހަމަލާއެއް ހިމެނެއެވެ.
އަފްޣާނިސްތާނުގެ ކާބުލް އެއަރޕޯޓަށް ދިން ހަމަލާގެ ޒިންމާ ދައޭޝް ޖަމާއަތުން ވަނީ ނަގާފައެވެ. އައިސިސް އާއި ގާތްގުޅުމެއް އޮންނަ ދައޭޝް ޖަމާއަތަކީ އަފްޣާނިސްތާން ހިފާފައިވާ ތާލިބާން ޖަމާޢަތަށްވުރެވެސް ނުރައްކާތެރި ޖަމާއަތެއްކަމަށް ބޭރުގެ ގިނަ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.
މިހާދިސާ ކުއްވެރިކުރައްވާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ހަމަލާގެ ބަދަލު ހޯއްދަވާނެކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ހަމަލާއަކުން އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފައިބަން ކަނޑައެޅިފައިވާ މުއްދަތަށް ބަދަލެއް ނާންނާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު