މާޝާ މިދުހަތު   27 އޯގަސްޓު 2021 - 17:33
އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ ނަން ބަދަލު ކުރުމަށް އެދެފިއެވެ.

ކާންޔޭ ވަނީ އޭނާގެ ނަންބަދަލުކުރުމަށް އެމެރިކާގެ ކެލިފޯނިޔާގެ ކޯޓަކަށް، ރަސްމީ ޕެޓިޝަނެއްވެސް ހުށައަޅާފައެވެ. ކާންޔޭ ވެސްޓް، 44، ހުށައަޅާފައިވަނީ އޭނާގެ ނަން "ޔޭ" އަށް ބަދަލު ކުރުމަށެވެ.

ކާންޔޭ ވެސްޓް، މި ނަމަކީ މިފަހަކުން ގިނަ ބޭރު ނޫސްތަކުގެ ފަލަ ސުރުހީގައި އޮތް ނަމެކެވެ. ހާއްސަގޮތެއްގައި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ވާދަކުރުމާއި، އޭނާގެ އަންހެނުން ކިމް ކާޑޭޝިއަންއާއި ވަކި ވުމުގެ ހަބަރުތައް ފާހަގަކޮށްލެވެއެވެ. އަދި މިފަހަކުން ސުޕަރމޮޑެލް އައިރިނާ ޝޭޚްއާއި ކާންޔޭ ވެސްޓުގެ ލޯބީގެ ގުޅުމުގެ ވާހަކަތައްވެސް ރިޕޯޓު ކުރި މީޑިއާތައް މަދެއް ނޫނެވެ.

މިއާއެކު ގިނަބަޔަކު ބުނާގޮތުންނަމަ، ކާންޔޭ ވެސްޓު ނަންބަދަލު ކުރަން ބޭނުންވަނީ އޭނާގެ ނަމާ ގުޅުވައިގެން މިފަހަކުން އެތަކެއް ގިނަ ވާހަކަތަކެއް ދެކެވިފައިވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން