ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ސިޓީ ތަކަކީ އާބާދީ ބޮޑު ކާރުބާރު ބޮޑު ތަންތަނެވެ. ސަބަބަކީ ސިޓީތަކަކީ ސިއްހީ އަދި ތައުލީމީ ދާއިރާއާއި ވަޒީފާގެ ފުރުސަތުތައް އެންމެ ފަހި ތަންތަނަށް ވުމެވެ. ހަމަ މިއާއިއެކު ނިކުންނަ މައްސަލަތައްވެސް އެހާމެ ގިނައެވެ. މާލެ ސިޓީގައިވެސް ހަމަ މިފަދައިން އާބާދީ ބޮޑުވެ ތޮއްޖެހުމާއި ގުޅިގެން އެތައް މައްސަލަތަކެއް ވަނީ އުފެދެން ފަށާފައެވެ. މަގުމަތީގައި ޓްރެފިކު ބޮޑުވުމާއި ހިނގާ މީހުންގެ ޝަކުވާތައް ބޮޑުވުމާއި އާންމުން ބޭނުންކުރުމަށް ހަދާފައި ހުންނަ މައިޒާންތައް ފުރި އެތަންތަން ދުންފަތުގެ ދުމާ ރަތް ކުޅުން ނުތާހިރުވެ ކުޑަކުދިންނާއި އިސް ރަށްވެހިން ހިތްހަމަ ޖައްސާލަން ނުކުމެލައި ހަދާލާނެ އެކަށީގެންވާ ތަންތަނަށް އެތަންތަން ނުވުމުގެ ޝަކުވާތައް ވެސް ހިމެނެއެވެ. އާންމު ހިދުމަތްދޭ ތަންތަނުގައި ކިއު ދިގުވެ ހިދުމަތް ލަސްވުމާއި އެކު މީހުންގެ މެދުގައި ހަމަނުޖެހުން ހިނގުންފަދަ ކަންކަން ދަނީ އާންމު ވަމުންނެވެ.
މާލޭގައި ދިރިއުޅޭ އާންމުންގެ ކައިރިން ހުސްވަގުތުގައި ހިތްހަމަޖައްސާލުމަށް ކުރަނީ ކީއްތޯ އަހާލައިފިނަމަ ގިނަ މީހުންގެ ޖަވާބަކަށް ވާނީ ކޮފީއަށް ދިއުމެވެ. ސަބަބަކީ ކޮފީ ޝޮޕްތަކަށް ދިއުން ފިޔަވާ ކުރެވޭނެ މާގިނަ ކަންތައްތަކެއް މާލޭގައި ނެތުމެވެ. ކުރިއަށް ވިސްނާލަމާ ހިނގާށެވެ. ކޮފީއަށް ދިއުމަށްވުރެ ފައިދާހުރި ކަންތައްތައް ކުރުމަށް ފުރުސަތު އޮތް ދިރިއުޅުމަކަށް ވިސްނާލަން ހިނގާށެވެ. ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރާ އަދުގެ ދުނިޔެއާއި އެއްހަމައަކަށް ތަރައްގީވެ ކުރިއަރާފައިވާ ސްމާޓް ސިޓީއެއްގައި ދިރިއުޅުން ހުންނާނެ ގޮތް ވިސްނާލަމާ ހިނގާށެވެ.
ކުރިއަށް އޮތް ކައިރި މުސްތަގްބަލެއްގައި އަހަރުމެން ދިރިއުޅެމުންދާނީ އިއާދަކުރެވެނިވި ހަކަތަބޭނުންކުރާ ވައިގެ ފިނިހޫނުމިން ގްރީން ވޯލް ތަކުގެ އެހީގައި ވަކި މިނެއްގައި ދަމަހައްޓާ ގޭގޭގައެވެ. ގޭގައި ނޫޅޭ ވަގުތުތަކުގައި ކަރަންޓު ބޭނުންކުރާ ވަރު އޮޕްޓިމައިޒްކޮށް ސްމާޓްފޯނުގެ އެހީގައި ބަދަލު ކުރެވޭ ގޭގޭގައެވެ. ސްމާޓްފޯނުން އޮފީހަށް ދާން އެންމެ ފަސޭހަ ޓްރެފިކް މަދު މަގުތައް ދެނެގަނެ އެންމެ އަވަހަށް ދެވޭނީ އަމިއްލަ ވެހިކަލް ނުވަތަ ޕަބްލިކް ޓްރާންސްޕޯޓުގައިތޯ ބަލާލެވޭނެއެވެ. މިފަދަ ޒަމާނީ ޓެކްނޮޖީތަކަކީ މިހާރުވެސް ގިނަ ގައުމުތަކެއްގައި ބޭނުންކުރެވެމުން އަންނަ ޓެކްނޮލޮޖީތަކެވެ.
އިގްތިސާދީ ގޮތުން ފައިދާ އޮތީ މާލެ ސަރަހައްދު ތަރައްގީ ކުރުމުންތޯ ނުވަތަ އަތޮޅު ތެރޭގެ ރަށްތައް ތަރައްގީ ކުރުމުންތޯ ސުވާލު އުފެދެއެވެ. މިއީ ފަސޭހަ ޖަވާބެއް އޮތް ސުވާލެއް ނޫނެވެ. މިއީ ވަރަށް ގިނަ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އެކި ގޮތް ގޮތުން ވިސްނާ ބަހުސް ކުރެވެން އޮތް މަޢުޟޫއެކެވެ. ނަމަވެސް ޒަމާނީ ވަސީލަތްތަކާ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދޭނެއެވެ. އާބާދީ އިތުރު ވަމުންދާ ވަރަކަށް ހަކަތަ ބޭނުންކުރާ ވަރު މަތިވެ ޓްރެފިކް ތޮއްޖެހުމާ ވައި ނުސާފުވުމުގެ މައްސަލަތައް ދަނީ އިތުރު ވަމުންނެވެ.
އަހަރުމެންގެ އާންމު ދިރިއުޅުމަކީ ބިޒީ ހަލަބޮލި ދިރިއުޅުމެކެވެ. ވަޒީފާއާއި ގޭތެރޭގެ މަސައްކަތްތަކުގައި ވަގުތު އޮންނަނީ ހުސްވެފައެވެ. އާއިލީ މަސްއޫލިއްޔަތުތަކަށް ވަގުތު ހޯދުންވެސް އެހާމެ އުނދަގުލެވެ. މީގެ އިތުރުން ލައިސަންސް ހެދުން ނުވަތަ އައިޑީ ކާޑު ހެދުން ފަދަ އަސާސީ ހިދުމަތެއް ހޯދަން ޖެހޭ ހާލަތުގައި އެކަމަކަށް ހޭދަކުރަންޖެހޭ ވަގުތު އެހާ ގިނައެވެ. މިފަދަ ހިދުމަތްތަކަކީ އޮންލައިންކޮށް ފޯމު ހުށަހަޅައިގެން ކުރެވޭ ކަންކަމަށް ވެއްޖެނަމަ، ބޭނުން ތަނެއްގައި ހުރެ ފަސޭހަ ކަމާއެކު ވަގުތު ސަލާމަތްވާ ގޮތަކަށް ހިދުމަތް ހޯދޭނެއެވެ.
މާލެ ސަރަހައްދުގައި މީހުންގެ ރައްކާތެރިކަމާމެދުވެސް މިހާރު ދަނީ ސުވާލު އުފެދެމުންނެވެ. މީހުން ބައިބޯވެ އިޖުތިމާއީ މައްސަލަތައް ގިނަވުމާއިއެކު އަމިއްލަ ރައްކާތެރިކަމާމެދު ވިސްނަން ޖެހޭވަރު ވަނީ ކުރިއާއަޅާބަލާއިރު އެތައް ގުނައެއް އިތުރު ވެފައެވެ. ސްމާޓް ޓެކްނޮލޮޖީގެ އެހީގައި މިކަމަށްވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެއެވެ. ހާދިސާއެއް ހިނގާ ވަގުތު އެކަން ދެނެގަނެ ފުލުހުން ނުވަތަ އަންގަން ޖެހޭ އެހެން ފަރާތްތަކުގެ ސަމާލުކަމަށް އެހާދިސާ ގެނެސްދޭ ފެންވަރުގެ ސަވެއިލަންސް ސިސްޓަމް ހުރުމުން އާންމުންގެ ރައްކާތެރިކަން އިތުރުވާނެއެވެ. އަދި ކުށްކުރުން މަދުވެގެން ދާނެއެވެ.
ސްމާޓް ސިޓީ އެއްގައި ސަރުކާރު ހިންގާ ވުޒާރާތަކުން އިންފޯމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި ރައްޔިތުންގެ މަދަނީ ބައިވެރިވުމާއި އެކު ރައްވެހިންނަށް ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ދިރިއުޅުމެއް މަގު ފަހިކޮށްދެވޭނެއެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ އެއް އުފެދުމުން އައު ޓެކްނޮލޮޖީތަކުގެ އެހީގައި ކުރިއަރަމުން އަންނަ ދާއިރާތަކާއި ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުން އުނދަގޫ ކަމަކަށް ނުވާނެއެވެ. އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގައި ކުރިއަށްދިއުމަށް ފުރުސަތުތައް ހުޅުވިގެން ދާނެއެވެ.
ކޮރޯނާ ވައިރަސްގެ ބަލިމަޑު ކަމާއިއެކުވެސް މިހާރު މިވަނީ މަސައްކަތުގެ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މިވަނީ ކޮންމެސް ވަރަކަށް އާދަވެފައެވެ. ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް އޮފީހަށް ނުގޮސް ގެއިން މަސައްކަތް ކުރުމަކީ މަސައްކަތްތެރިންނަށް މާ ފަސޭހަ ގޮތެކެވެ. އަދި ގިނަ ބަޔަކު ގިނަ ދުވަހު މިގޮތަށް މަސައްކަތް ކުރަން ފެށުމުން ގޮންޖެހުންތަކަށް ހައްލުތަކެއްވެސް ވަނީ ހޯދިފައެވެ. ހެނދުނު ވަކި ގަޑިއަކަށް އޮފީހަށް ދާން ނުޖެހުމުން އެވަގުތު ސަލާމަތް ވެއެވެ. އަދި ގެއިން މަސައްކަތް ކުރަމުން އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ފުރިހަމަ ކުރުމަށްވެސް ފަސޭހަވެގެންދިއައެވެ.
ސްމާޓް ސިޓީއަކީ ހަމައެކަނި ހިޔާލީދުނިޔެއެއްގައި ވާ ތަނެއް ނޫނެވެ. ޒަމާނީ ޓެކްނޮލޮޖީއާއި އިންސާނީ ވަސީލަތްތައް ބޭނުންކޮށް ރޭވުންތެރިގޮތެއްގައި ކުރިމަގު ބައްޓަންކޮށް ހިންގުންތެރި މަސައްކަތްތަކެއް ކުރުމުން ކައިރި މުސްތަގްބަލެއްގައި ގްރޭޓަރ މާލެ އޭރިޔާ ސްމާޓް ސިޓީ އަކަށް ވެގެންދާނެއެވެ. އެޗްޑީސީގެ އުންމީދަކީ އާންމުންނާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ސްމާޓް ސިޓީ އުފެއްދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު