އަފްޣާނިސްތާނުގެ ރައްޔިތުންނަށް ރެފިއުޖީ ސްޓޭޓަސް ދިނުމަށް އެދި މިއަދުވެސް އެގައުމުގައި ތިބި އަފްޣާނިސްތާނުގެ ރައްޔިތުން މުޒާހަރާކުރަމުން އެބަދެއެވެ.
އަފްޣާނިސްތާނުގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނީ އިންޑިއާގެ ދިއްލީގައި ހުންނަ އ.ދގެ އޮފީސް ދޮރުމަތީގައެވެ. 100 އެއްހާ މީހުން އެއްވެ މުޒާހަރާ ކުރަން ފަށައިފައިވަނީ ހުސްވި ހަފްތާގެ ކުރީކޮޅުއެވެ.
މުޒާހަރާ ކުރަމުންދާ އަފްޣާނިސްތާނުގެ ރައްޔިތުން ގޮވާލަމުންދަނީ އިންޑިއާގައި ތިބުމަށް އެމީހުންނަށް ރެފިއުޖީ ސްޓޭޓަސް ދިނުމަށާއި، އެމީހުންގެ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމުގައި އެހީތެރިވުމަށެވެ.
ތާލިބާން ޖަމާއަތުން އަފްޣާނިސްތާނު ހިފުމާއިއެކު، ރައްކާތެރިކަން ހޯދުމަށް އެގައުމުގައި ތިބި ގިނަ ރައްޔިތުން ވަނީ އެގައުމުން ފޭބުމަށް ކާބުލް އެއަރޕޯޓަށް ޖަމާވެ އެކި ގައުމުގެ އެހީތެރިކަމާއެކު އިނގިރޭސިވިލާތާ، ދެކުނު ކޮރެއާ، އެމެރިކާ އަދި އިންޑިއާ ފަދަ ގައުމުތަކުން ރެފިއުޖީކަން ހޯދާފައެވެ.
އަފްޣާނިސްތާނުން ފޭބުމަށް ބޭނުންވެފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ މީގެ ކުރިން ވައުދުވެވަޑައިގެންފައެވެ.
މިގޮތުން މިހާތަނަށް ގާތްގަނޑަކަށް އަފްޣާނިސްތާނުގެ 21،000 މީހުން ވަނީ އިންޑިއާއަށް އެތެރެވެފައެވެ.

ކިޔުންތެރިންގެ ހިޔާލު