ދެމަފިރިން ދެބަސް ނުވާ ކަމަށްވަންޏާ ދިރިއުޅުން ފޫހިވާނެ ކަމަށް އިންޑިއާގެ ފިލްމީތަރި އައިޝްވާރިޔާ ރާއީ ބައްޗަން އަދި އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަން ބުނެފިއެވެ.

މިދެމަފިރިން މިހެން ބުނެފައިވަނީ މިފަހަކުން ވޯގް މެގަޒިންއަށް ދިން އިންޓަރވިއުއެއްގައި، އައިޝްވާރިޔާ އަދި އަބީޝޭކް ބައްޗަން އާއި ދެމެދު ދެބަސްވާކަމަށް ހާމަކުރަމުންނެވެ. އައިޝްވާރިއާ ހާމަކޮށްފައިވާގޮތުގައި ކޮންމެ ދުވަހަކު މިފަދަ ދެބަސްވުންތައް ހިނގިނަމަވެސް، މިއީ ބޮޑެތި ޒުވާބުތަކަށް މަގުފަހިވާ ދެބަސްވުންތަކެއް ނޫނެވެ.

"ކޮންމެ ދުވަހަކުވެސް ދެބަސްވުން ހިނގާ މިއީ ބޮޑެތި ޒުވާބުތަކެއް ނުން. ދެބަސްވުން ނުހިނގާ ކަމަށްވަންޏާ ވަރަށް ފޫހިވާނެ." އައިޝްވާރިއާ ބުނެފައިވެއެވެ.

އަދި ދެމަފިރިން ދެބަސްވިޔަސް، ނިދުމުގެ ކުރިން އެއްގަލަކަށް އަރާކަމަށް އައިޝްވާރިއާގެ ފިރިމީހާ އަބީޝޭކް ބައްޗަން ހާމަކޮށްފައިވެއެވެ.

"އަބަދުވެސް ދެމަފިރިންގެ ދެމެދުގައި ހިނގާ ހަމަނުޖެހުންތައް ނިންމައި ސުލްހަ ކުރަނީ އަހަރެން. އަހަރުމެން ދެމީހުންގެ ގަވާއިދެއް އޮންނާނެ، އެއީ ނިދުމުގެ ކުރިން އެދުވަހަކު ހިނގާދިޔަ ހަމަނުޖެހުންތަކާއި ދެބަސްވުންތައް ނިންމައި ސުލްހަވުން." އަބީޝެކް ބުންޏެވެ.

މިދެމަފިރިންގެ ކައިވެނީގެ ގުޅުމަކީ އެހެން ތަރިންނާ ހިލާފަށް އާންމު މީޑިއާތަކާ ވަރަށް ބީރައްޓެހި ވާހަކަތަކެކެވެ. އަދި އެހެން ތަރިންނާ ހިލާފަށް ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންކަމަކީވެސް މިދެތަރިން އާންމު ނުކުރާ ކަންކަމެވެ.

އިންޑިއާގެ ކާމިޔާބު ފިލްމީތަރިންކަމަށްވާ އައިޝްވާރިޔާ ރާއީ ބައްޗަން އަދި އަބީޝޭކް ބައްޗަން ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. މިދެމަފިރިހިންނަށް އަންހެން ކުއްޖަކު ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން