ހުޅުމާލޭ 147 ނަންބަރ ފްލެޓްގައި ރޯވެފައި | ފޮޓޯ: ސޯޝަލްމީޑިއާ
ހުޅުމާލޭ 147 ނަންބަރ ފްލެޓްގައި ރޯވެފައި | ފޮޓޯ: ސޯޝަލްމީޑިއާ
ހުޅުމާލޭ 147 ނަންބަރ ފްލެޓްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލޭ 147 ނަންބަރ ފްލެޓްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ޙަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.

މިޙާދިސާ ހިނގާފައިވަނީ އެ ފްލެޓްގެ ދެވަނަ ފަންގި ފިލާގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. އެމްއެންޑީއެފުން ބުނީ، ރޯވެފައިވާ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން