ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ރަށްވެހިންނާއި ކައުންސިލްގެ ބަސް ވިކޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މި މޭރުމުން ވިދާޅުވެފައިވަނީ، ހއ. ފިއްލަދޫގެ އިހުތިސޯސްގައި މީގެކުރިން ހިމަނާފައިވާ ފަޅު ރަށެއް ކަމަށްވާ ދައްޕަރު ރަށު ކައުންސިލްގެ އިހްތިސޯސުން ވަކިކޮށްފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ބަޔާނެއް ނެރެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ބޭރުކުރަން ރައީސް ޞާލިޙް ނިންމެވި ނިންމެވުމަކީ ވަރަށް ހުދުމުޚުތާރު އަދި ލާމަރުކަޒީ ޤާނޫނާއި ލާމަރުކަޒު ކުރުމުގެ މަފްހޫމާއި މުޅިން ދެކޮޅު ކަމެއް ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ތިލަދުންމަތީ ދައްޕަރުގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި ފިއްލަދޫ ރައްޔިތުންގެ ތަނަވަސް ތަސައްވަރު ބޭނުންވާނެ ކަމަށާއި އެކަމުގައި ފިއްލަދޫ ރައްޔިތުންގެ ހިޔާލުގެ ބޭނުން ސަރުކާރުން ހިފާނެ ކަމަށެވެ. އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ރަށްވެހިންނާއި ކައުންސިލްގެ ބަސް ވިކޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފަނިކުރެވޭވަރަށްވުރެ ބޮޑަށް ޓޫރިޒަމްގެ ފޮނިކަން ރައްޔިތުންނަށް ވިސްނޭ.،" މިނިސްޓަރ މައުސޫމް ވިދާޅުވެފައިވެއެވެ.



ފިއްލަދޫގެ އިޚްތިޞާޞްގައި ހިމެނޭ ދައްޕަރު އެރަށުގެ އިޚްތިޞާސުން ވަކި ކުރުމުގައި ކައުންސިލްގެ ބަސް ހޯދާފައިނުވާކަމަށް ބުނެ އެރަށު ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ލީޒްކުރަން ވިސްނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން