މޯލްޑިވިއަންގެ ފްލައިޓެއް | ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަންގެ ފްލައިޓެއް | ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިން މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކްކުރާނެކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ރޭ 8:50 ހާއިރު އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ފްލައިޓް ހައިޖެކް ކުރާނެ ކަމަށްބުނެ އިންޒާރު ދީފައި ވަނީ، ރޭ ފުވައްމުލަކުން ފުރަން އޮތް ފްލައިޓަށް ކާގޯ ޙަވާލުކުރަން ދިޔަ މީހަކު ކަމަށް ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން