ކަރަށް ވަޅިހަރައި ޒަޚަމް ކޮށްލި ޒުވާނާ | ފޮޓޯ: ސޯޝަލް މީޑިއާ
ކަރަށް ވަޅިހަރައި ޒަޚަމް ކޮށްލި ޒުވާނާ | ފޮޓޯ: ސޯޝަލް މީޑިއާ
މިމަހުގެ 25 ދުވަހު ރޯޝަނީ ބިލްޑިން ކައިރީގައި ޒުވާނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދު ކޮށްފިއެވެ.

މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:13 ހާއިރު ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިން ކައިރިން ގްރޫޕަކުން ވަޅިން ކަރަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޒުވާނާގެ ކަރަށް ވަޅި ހެރުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއް އޭނާއަށް ލިބިފައިވާއިރު، އޭނާއަށް އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އަދި އޭނާގެ ހާލު އަދިވެސް ސީރިއަސްކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން