މޯލްޑިވިއަންގެ ފްލައިޓެއް | ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަންގެ ފްލައިޓެއް | ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިން މީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކްކުރާނެކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ނަމަވެސް އެމީހާ ބަންދުގައި ބަހައްޓައިގެން ތަޙްގީޤް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ޝަރުތުތަކަކާއި އެކު ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފްލައިޓް ހައިޖެކް ކުރާނެ ކަމަށްބުނެ އިންޒާރު ދީފައި ވަނީ، ހޯމަ ދުވަހުގެރޭ ފުވައްމުލަކުން ފުރަން އޮތް ފްލައިޓަށް ކާގޯ ޙަވާލުކުރަން ދިޔަ މީހަކު ކަމަށް ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން