މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު އިނގިރޭސި ވިލާތުގައި ބަންދެއްގައި ހުންނެވިކަން ނޭނގޭ ކަމަށް ފުލުހުންނާއި، ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
އިނގިރޭސިވިލާތުގައި ހުރުމުގެ ވިސާގެ މުއްދަތު ހަމަވުމުން މިދިޔަމަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި ޢަލީ ވަޙީދު ވަނީ އެޤައުމުން ހައްޔަރު ކޮށްފައެވެ. މިވަގުތު އިނގިރޭސިވިލާތުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނެވި ޢަލީ ވަޙީދު އެޤައުމުގެ ޙިމާޔަތަށް އެދިވަޑައިގެންފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އަލީ ވަޙީދުގެ ވަކީލުން ވަނީ އެކަން ދޮގުކޮށްފައެވެ.
"ރަސް އޮންލައިނަށް" މަޢުލޫމާތު ދެއްވަމުން ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ، އަލީ ވަހީދު ހައްޔަރު ކޮށްފައިވާކަން އެ ވުޒާރާއަށް އެނގިފައިނުވާ ކަމަށެވެ. މީގެ އިތުރުން ފުލުހުންވެސް ބުނެފައިވަނީ، ޢަލީ ވަޙީދު އެއްވެސް ކަހަލަ ބަންދެއްގައި ހުރި ކަމުގެ މަޢުލޫމާތު ރަސްމީ އެއްވެސް އިދާރާއަކުން ޙިއްސާކޮށްފައި ނުވާކަމަށެވެ. އަދި ފުލުހުންނާ ގުޅުންހުރި ބައިނަލްއަޤުވާމީ ފަރާތްތަކުގައިވެސް އެ މަޢުލޫމާތު ސާފު ކުރުމަށް އެދިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ. އަދި ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުން އިނގިރޭސިވިލާތަށް ވަޑައިގަތް ފަހުން ޢަލީ ވަޙީދު އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އޭގެފަހުން ޢަލީ ވަޙީދު ޝަރީއަތުގައި ބައިވެރިވަނީ އޮންލައިންކޮށެވެ.
އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުވެފައިނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން މިއަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެެ. އެ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދޭނެ ކަމަށް ކަރެކްޝަން ސަރވިސް އިން ވަނީ ބުނެފައެވެ.
ފުލުހުންގެ އިދާރާ އިން ބުނީ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައެއް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހިންގެވިކަމުގެ ތުހުމަތާއެކު ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަލީ ވަހީދަށް އެންގެވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް، ރައީސްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސް ސާލިހް އަލީ ވަހީދު މަގާމުން ވަކިކުރައްވާފައި ވަނީ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ. އަލީ ވަހީދު މަޤާމުން ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

ކިޔުންތެރިންގެ ހިޔާލު