ބޮލީވުޑްގެ މަޝްހޫރު ކަޕޫރު އާއިލާއަށް ނިސްބަތްވާ ރިޝީ ކަޕޫރް އެންމެ ދެކެން ބޭނުންވީ އޭނާގެ ދަރިފުޅު ރަންބީރުގެ ކައިވެނިކަމަށް ނީތޫ ކަޕޫރް ހާމަކޮށްފިއެވެ.

ނީތޫ މިހެން ބުނެފައިވަނީ އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ރިޝީ ކަޕޫރްގެ ހަނދާން އާކުރަމުންނެވެ. މިގޮތުން، ރިޝީ ދުނިޔޭގައި ހުރި ދުވަހު އެންމެ ދެކެން ބޭނުންވީ އޭނާގެ ދަރިފުޅު ރަންބީރު، އިންޑިއާގެ ސަގާފީ ކައިވެންޏެއް ކުރަން ތައްޔާރުވެ ހުރިތަންކަމަށް ނީތޫ ބުންޏެވެ.

ހާއްސަގޮތެއްގައި އިންޑިއާގެ ކައިވެނިތަކުން ސަގާފީ ހެދުން ރަމްޒުކޮށްދޭ ކުލަ ގަދަ ފަގުޑިއެއް ރަންބީރު އަޅާލައިގެން ހުންނަތަަން ބަލަން ރިޝީ ވަރަށް ބޭނުންވިކަމަށް ނީތޫ ފާހަގަކުރިއެވެ.

ރިޝީ ކަޕޫރަކީ އިންޑިއާގެ ސިނަމާ ތަކުގައި 70 އަދި 80 ގެ އަހަރުތަކުގައި ވިދާލި އެންމެ ކާމިޔާބު އެއް ބަތަލެވެ. އޭނާ މިދުނިޔެ ދޫކޮށްދިޔައީ ގިނަ ދުވަސްތަކެއް ލިއުކީމިއާ ބަލީގައި ވޭތު ކުރުމަށްފަހު 2020 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.

1980 ވަނަ އަހަރު އިންޑިއާގެ ފިލްމީތަރި ނީތޫ ކަޕޫރާއި ކައިވެނި ކުރި ރިޝީ ކަޕޫރްގެ ދެމަފިރިންނަށް ދެކުދިން ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން