އިންޑޮނޭޝިއާގެ ބާލީގެ މަގުމަތީގައި ދިރިއުޅޭ ރާމާމަކުނުތައް ބަނޑަށްޖެހި އާންމުންގެ ގެތަކަށް ވަދެ ކާއެއްޗެހި ވަގަށް ނަަގަންފަށައިފިއެވެ.

އިންޑޮނޭޝިއާގެ ބާލީގެ މަގުމަތީގައި ދިރިއުޅޭ ރާމާމަކުނުތަކަކީ ބާލީއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މާމަގުބޫލު ޖަނަވާރެކެވެ. އަދި މަގުމަތީގައި ގިނަވެގެން އުޅޭ ރާމާ މަކުނުތަކަށް ކާންދިނުމަކީ ބާލީއަށް ޒިޔާރަތްކުރާ ފަތުރުވެރިން ކުރާ އާންމު ކަމެކެވެ.

ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއެކު، ބާލީއަށް ޒިޔާރަތްކުރާ ފަތުރުވެރިން މަދުވެ ބާލީގެ މަގުމަތީގައި ދިރިއުޅޭ ރާމާމަކުނުތައް ވަނީ ކާނާއަށް ޖެހިފައެެވެ. މިއާއެކު ބާލީގައި ދިރިއުޅޭ އާންމުންގެ ގޭގެއަށް މިމަކުނުތައް ވަންނަކަމުގެ ޝަކުވާތައް ގިނަވެގެންދިއައެވެ. އަދި ބަނޑަށް ޖެހިގެން އުޅޭ ރާމާ މަކުނުތަކުގެ އުޅުން ބަދަލުވެ ގިނަ އާންމުންނަށް އުނދަގޫވެދާނެ ކަމަށްވެސް ބާލީގައި ދިރިއުޅޭ ފަރާތްތަކުން ލަފާކޮށްފައިވެއެވެ.

މިގޮތުން ބާލީގައި ދިރިއުޅޭ އާންމުން މިހާރު ދަނީ މަގުމަތީގައި ގިނަވެފައިވާ މަކުނުތަކަށް ކާންދިނުމަށް މޭވާ އާއި އެކިކަހަލަ ގޮދާމުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ. އަދި މިމަކުނުތަކާއެކު ވަގުތު ހޭދަކޮށް ލޯބިދީ އަޅާލާ ހެދުމަށްވެސް އާންމުން ދަނީ އެކަކު އަނެކަކަށް އިލްތިމާސްކުރަމުންނެވެ.

އިންޑޮނޭޝިއާގައި ރާމާ މަކުނަކީ ވަރަށް މާތް ޖަނަވާރެއްގެ ގޮތުގައި އާންމުން ސިފަކުރާ ޖަނަވާރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން