ފެއިލްވެފައިވާ ދައުލަތެއްގެ އުންސުރުތައް ރާއްޖެއިން ފެންނަމުންދާކަމަށް ކުރީގެ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ މިނިސްޓަރުކަމުގައި ހުންނަވަނިކޮށް އިތުބާރު ނެތްކަމަށް ކަނޑައަޅައި މަގާމުން ވަކިކުރުމުން އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފައިވާ މަލީހު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ތެރެއިން ވަރަށް ގިނަ މައްސަލަތައް ފެންމަތިވަމުންދާ ދަނޑިވަޅެއްގައެވެ.
މަލީހު ވިދާޅުވީ ފެއިލްވެފައިވާ ދައުލަތެއްގެ އުންސުރުތައް ފެންނަމުންދާކަމަށެވެ. އެގޮތުން މުސާރަ ޝީޓު ހަދަން ނޭގުން، ދައުލަތުގެ ދަރަނި ހައްދުން ނެއްޓުން، އިސްލާމް ފޮތް ޕްރޫފު ރީޑު ނުކުރުން، ވަޒީރުން ވާނުވާގައި ސަސްޕެންޑް ކުރުން އަދި ހުކުމް ކުރަންވީ ގޮތް ޗީފް އޮފް ސްޓާފް ކިޔައިދެއްވަމުންދާކަމަށް މަލީހު ވިދާޅުވިއެވެ.
ސަރުކާރުގެ ތެރެއިން ގިނަ މައްސަލަތަކެއް އިދިކޮޅު ފަރާތްތަކުން ފާހަގަކުރަމުންދާއިރު، ސަރުކާރުންވެސް ދަނީ މިކަންކަމަށް ރައްދު ދެމުންނެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި މާބޮޑު މައްސަލައެއް ނޫޅޭކަމަށާއި، އަދި ރައީސް ސާލިހުގެ ހުރިހާ ވިސްނުންފުޅެއްވެސް ހުރީ ކޯލިޝަންގެ ވައުދުތައް ފުއްދެވުމަށްކަމަށްވެސް ސަރުކާރުން ބުނެއެވެ.

1. މުސާރަ ޝީޓު ހަދަން ނޭގުން
— Mohamed Maleeh Jamal (@maleehjamal) September 6, 2021
2. ދައުލަތުގެ ދަރަނި ހައްދުންނެއްޓުން
3. އިސްލާމް ފޮތް ޕްރޫފު ރީޑު ނުކުރުން
4. ވަޒީރުން ވާނުވާގަ ސަސްޕެންޑް ކުރުން
5.ހުކުމް ކުރަންވިގޮތް ޗީފް އޮފް ސްޓާފް
6. ސަރުކާރު ނުފެނުން
7.ރައްޔިތުން ވާނުވާގައި
ފެއިލްވެފައިވާ ދައުލަތެއްގެ އުންސުރުތައް. pic.twitter.com/12Um11Tm1M
ސަރުކާރުގެ ތެރެއިން ގިނަ މައްސަލަތަކެއް އިދިކޮޅު ފަރާތްތަކުން ފާހަގަކުރަމުންދާއިރު، ސަރުކާރުންވެސް ދަނީ މިކަންކަމަށް ރައްދު ދެމުންނެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި މާބޮޑު މައްސަލައެއް ނޫޅޭކަމަށާއި، އަދި ރައީސް ސާލިހުގެ ހުރިހާ ވިސްނުންފުޅެއްވެސް ހުރީ ކޯލިޝަންގެ ވައުދުތައް ފުއްދެވުމަށްކަމަށްވެސް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު