މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދިވެހި ދިވެހި ފިިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ, މއ. ހިންނަވަރު ހުޅަނގުބައި، އަފްޝަލް މުހައްމަދުއެވެ. މި މައްސަލައާ ގުޅިގެން 39 އަހަރުގެ އަފްޝަލް ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
އަފްޝަލްގެ ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
އަފްޝަލްގެ ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން އޭނާ ހުރި އެޕާޓްމަންޓްގެ ކަނާތްފަރާތުން ދެވަނަ ކޮޓަރީގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެތި ފެނިފައިވެއެވެ. އޭގައި ކެނަބިސް ހުރިއިރު ވަގުތީ ބަރުދަނުގައި 303.72 ގްރާމް ހުއްޓެވެ. އަދި ހަމަ އެ ތަނުން މަސްތުވާތަކެތި ބަންދުކޮށް ބާޒާރަށް ނެރޭ ސާމާނުވެސް ހުއްޓެވެ.
އޭގެ އިތުރުން އެ އެޕާޓރްމަންޓްގެ ސިޓިން ރޫމް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ބަންދުކޮށް ބާޒާރަށް ނެރޭ ފިލްމް ހުސްކުރި ދަޅާއި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ޑިޖިޓަލް ކައްޓާވެސް ފެނިފައިވާކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު