ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ބަލައިގަންނަކަމަށާއި، މަޝްރޫޢުތައް ހިންގުމުގައި ކައުންސިލްގެ ފަރާތުން ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމަށް މާއުނގޫދޫ ކައުންސިލުން ބުނެފިއެެވެ.
އެކައުންސިލުން މިކަން ހާމަކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ށ. މާއުނގޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު މެންދުރު އެ ރަށުގައިި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މާއުނގޫދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އެގޮތުން، ކައުންސިލަރުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތާއި، ފެނަަކަ އިންޖީނުގެ އޮފީސް އިމާރާތްކުރުމާއި، ބަނދަރުގެ މައްސަލައާއި، ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކްތް ނުފެށި ލަސްވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި، މާއުނގޫދޫ ގިރާސަރަޙައްދު ހިމާޔަތްްކުރުމާއި، ޒަމާނީ މިސްކިތެއް ބޭނުންވާކަމަށާއި އަދި މޫދަށް އެރޭ ސަރަޙައްދަކާއި، ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ބުނެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރި މަޝްރޫޢުތައް ޚާއްޞަ ސަމާލުކަމެއްދީގެން ޢަމަލީ މަސައްކަތް ކުރިޔަށްގެންދިޔުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި، ކައުންސިލުން ފާހަގަކުރި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މާއުނގޫދޫ ސްކޫލަށް ޒިޔާރަތްކުރައްވާ އެ ސްކޫލުގެ ދަރިވަރުންނާއެކު ވަގުތުހޭދަކުރައްވާފައެވެ. އަދި، އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު ސްކޫލްގެ ޓީޗަރުންނާ ބެލެނިވެރިންނާ ބައްދަލުކުރައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވާ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މި ސަރުކާރުން އެންމެ އިސްކަން ދޭ އެއް ވަޢުދުކަމުގައިވާ މީހުން ބިނާކުރުމުގެ ޒިންމާ އަދާކުރައްވާ އެއްފަރާތަކީ ޓީޗަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ށ. މާއުނގޫދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ.

ކިޔުންތެރިންގެ ހިޔާލު