ޤުރުއާން ފޮތްތަކުގައި ހުރި މައްސަލަތަކުގެ ތަފްސީލީ ރިޕޯޓެއް އަންނަ ހަފްތާގެ ނިޔަލަށް ނިންމާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީގެ މަސައްކަތް ފެށިފައިވާކަމަށެވެ.
އެގޮތުން އެ ކޮމެޓީ އެކުލަވާލާފައިވަނީ ކޮންމެ ގްރޭޑަކަށް 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭގޮތަށްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެ ޓީމްތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމައި ކޮންމެ ޓީމަކުންވެސް، ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްޞީލް ރިޕޯޓެއް އެކުލަވާލާނެކަމަށްވެސް އެޑިއުކޭޝަން މިނިސްްޓްރީން ބުނެއެވެ.
ބައެއް ގްރޭޑްތަކުގެ ޤުރުއާން ފޮތްތަކުގެ އާޔަތްތައް ނުބައިކޮށް ލިޔެވިފައިވާ މައްސަލަތަކެއް ފާހަގަވެގެން އެމައްސަލަތައް ބަލަމުންދާއިރު ޤުރުއާން ފޮތްތަކުގައި މައްސަލަތަކެއް ދިމާވީ ބަލަންވާވަރަށް ނުބެލުމުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޤުރުއާން ފޮތްތަކާއި އެހެނިހެން ފޮތްތަކަކީވެސް ޚާއްސަ ކޮމިޓީތަކުން ރިވިއުކޮށް، ޕްރޫފް ރީޑްކުރާ ފޮތްތަކެއްކަމަށެވެ. އެގޮތުން މައްސަލަ ޖެހިފައިވާ ފޮތްތަކަކީ 2015 ވަނަ އަހަރު ހުއްދަ ދީގެން މިހާތަނަށް ބޭނުންކުރަމުންދިޔަ ފޮތްތަކެއްކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ. ނަމަވެސް މިކަންކަން ސަމާލުކަމަށް އައުމުން އެކަން އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތައް ކުރިމަތިނުވާނޭފަަދަ ގޮތަކަށް ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން ކޮމެޓީއެއް އެކުލަވާލައި، މި ކޮމެޓީގެ މަސައްކަތް ފެށިއްޖެ.
— Ministry of Education (@MoEdumv) September 8, 2021
1/2
ބައެއް ގްރޭޑްތަކުގެ ޤުރުއާން ފޮތްތަކުގެ އާޔަތްތައް ނުބައިކޮށް ލިޔެވިފައިވާ މައްސަލަތަކެއް ފާހަގަވެގެން އެމައްސަލަތައް ބަލަމުންދާއިރު ޤުރުއާން ފޮތްތަކުގައި މައްސަލަތަކެއް ދިމާވީ ބަލަންވާވަރަށް ނުބެލުމުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޤުރުއާން ފޮތްތަކާއި އެހެނިހެން ފޮތްތަކަކީވެސް ޚާއްސަ ކޮމިޓީތަކުން ރިވިއުކޮށް، ޕްރޫފް ރީޑްކުރާ ފޮތްތަކެއްކަމަށެވެ. އެގޮތުން މައްސަލަ ޖެހިފައިވާ ފޮތްތަކަކީ 2015 ވަނަ އަހަރު ހުއްދަ ދީގެން މިހާތަނަށް ބޭނުންކުރަމުންދިޔަ ފޮތްތަކެއްކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ. ނަމަވެސް މިކަންކަން ސަމާލުކަމަށް އައުމުން އެކަން އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތައް ކުރިމަތިނުވާނޭފަަދަ ގޮތަކަށް ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު