ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ބ. މާޅޮހުން ސްނޯކްލިންއަށް ގޮސް އުޅުނު މީހެއްގެ ހިތާ ދިމާއިން މެއަށް ހިބަރެއްވެ ތުންގަނޑު ހެރިގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހަވީރު 4:10 އެހާކަންހާއިރު އެވެ. އެ މީހާ ވަނީ ފަރުވާ ދެނިކޮށް މަރުވެފައެވެ.

ފުލުހުން ބުނީ މިހާދިސާގައި މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިިރިހެނެއްް ކަމަށެވެ.

ހިބަރުގެ ތުންގަނޑު ހެރިގެން މީގެ ކުރީންވެސް ނުރައްކާތެރި ހާދިސާތައް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު