އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
އެ ނިންމުން ނިންމާފައިވަނީ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ބުނެފައިވަނީ މަހުލޫފަށް އެ ޕާޓީގެ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމި ނިންމުމުގައި އަމަލުކޮށްފައިވަނީ އިޖުރާއީ ގޮތުން ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ކުރިން ނިންމި ނިންމުން ފަނޑިޔާރުންގެ މަޖިލީހުން ވަނީ ބާތިލްކޮށްފައެވެ.
މަހުލޫފަށް އިންތިހާބުގައި ވާދަކުރެވޭނެކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ކުރިން ނިންމައިފައި އޮތް ނިންމުން އިސްތިއުނާފަށް ހުށަހެޅުމުންނެވެ.
މަހްލޫފްވަނީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ކުރިން ނިންމި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށައަޅާފައެވެ. އީސީ އިން ބުނީމަހުލޫފަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވަނީ އީސީއަށް ހުށަހަޅާފައިވާ އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފް ވާދަ ކުރައްވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު